Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭގޮތަށް"

"ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭގޮތަށް"

މުހައްމަދު ޖަމްޝަތު
320 ދުވަސް ކުރިން - 14 އޮކްޓޫބަރު 2025 12:48
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ށ ބިލެތްފަހި ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަނީ---ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ށ ބިލެތްފަހި ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަނީ---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ފުރިހަމަގޮތުގައި ހިފުމަށް ރައީސް ވަނީ ގޮވާލައްވާފަ

ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ކަމަށާއި، އެގޮތަށް ކުރިއަށް ވަޑައިގަތުމުގައި އެއްވެސް ކަންބޮޑުވުމެއް ސަރުކާރަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ށ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ރޭ އެއަތޮޅު ބިލެތްފައްސަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ފުރިހަމައަށް ކޮށްދެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމަށެވެ. އަދި އަދުގެ ސަރުކާރުން ދަނީ އިގުތިސާދީ ކަންކަން ރަނގަޅުކޮށް އެތެރެއާއި ބޭރުގެ ދަރަނި ހަލާސްކުރަމުން، އެކުވެރި ދައުލަތްތަކާ މަޝްވަރާކޮށްގެން ބައެއް ދަރަނިތަކަށް ލުއި ގޮތްތައް ހޯދައި، އެ ލުއިފަސޭހަކަންވެސް ރައްޔިތުންނަށް ހޯދައިދެމުންކަމަށް ވިދާޅުވި އެވެ.

Advertisement

Advertisement 1

ރޭވުންތެރިކަމާއެކު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ކާމިޔާބު ވަމުން ދާކަމަށާ، އެގޮތުން 2026 ވަނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ދެެއްކުމުގެ ކަންބޮޑުވުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މި ހުރިހާ ކަމެއްވެސް ކުރަނީ ރައްޔިތުންނަށް ފުރިހަމަ ތަރައްގީ ހާސިލުކޮށްދިނުމަށް ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ މާލީ ރިޒާވްގެ ޓްރެޖެކްޓަރީވެސް ހުރީ ރަނގަޅު މިސްރާބަކަށް ކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ، ސަރުކާރުން ކުރުވި މަސައްކަތްތަކަށް ދައްކަންޖެހޭ ފައިސާ ހަލާސްކުރުމަށް ކަނޑައެޅި މުއްދަތުގެ ތެރޭގައި އެކަންވެސް ފުރިހަމަ ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.

ހަމަމިއާއެކު، މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމު ކަމުގައި ގަބޫލު ނުކުރައްވާ ކަމަށާއި ރައްޔިތުންގެ ގާތަށް ވަޑައިގެން އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތުގެ ނަތީޖާ ފެނިވަޑައިގަންނަވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

14 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

15 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

15 ގަޑިއިރު ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

23 ގަޑިއިރު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ދުވަސް ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

2 ދުވަސް ކުރިން - 08:31

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%