ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 4 ދުވަސް ކުރިން - 13 އޮކްޓޯބަރު 2025 20:21
ވިއްސާރައިގެ ވަގުތެއްގައި ފެރީއެއް ހުޅުމާލެ އިން މާލެ އަށް އަންނަނީ. ރީދޫ ނުވަތަ އޮރެންޖް އެލާޓުގެ ވަގުތެއްގައި ކަނޑު ދަތުރުފަތުރު އެއްގޮތަކަށް ވެސް ނުކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރޭ - ފޮޓޯ: ޚުލާސާ
ވިއްސާރައިގެ ވަގުތެއްގައި ފެރީއެއް ހުޅުމާލެ އިން މާލެ އަށް އަންނަނީ. ރީދޫ ނުވަތަ އޮރެންޖް އެލާޓުގެ ވަގުތެއްގައި ކަނޑު ދަތުރުފަތުރު އެއްގޮތަކަށް ވެސް ނުކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރޭ - ފޮޓޯ: ޚުލާސާ
ޚުލާސާ

އެމްއެންޑީއެފުން ބުނެފައިވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި އަދި ކޮންމެހެން ކުރަންޖެހޭ ފަރާތްތައް ވެސް ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަނޑު ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.

މިއަދު ހަވީރުގެ ވަގުތުގައި އެމްއެންޑީއެފް އިން ބުނެފައިވަނީ މުޅި ރާއްޖެއަށް ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމާއި އާންމު ގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރު ކުރާ ފަރާތްތައް މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ކުރާ ފަރާތްތައް ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ރޭގަނޑު ދަތުރު ނުކުރުމަށާއި މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅުވަންދެން ދަތުރު ފަސްކޮށްލުމަށް އެ މުއައްސަސާއިން ނަސޭހަތްތެރިވެ އެވެ. އަދި ވަކިން ހާއްސަކޮށް ރީދޫ ނުވަތަ އޮރެންޖް އެލާޓު ނެރެފައިވާ ދަނޑިވަޅުގައި ކަނޑުދަތުރު ނުކުރުމަށް އެމްއެންޑީއެފް އިްނ އިލްތިމާސްކުރެ އެވެ.

މެޓް އޮފީހުން ބުނެފައިވަނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރުގެ އަތޮޅުތަކަށް ގަނޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަނޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.

މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

މެޓް އޮފީހުން މި ވަގުތާ ހަމައަށް ނެރެފައިވަނީ ވައިޓް އެލާޓެވެ. އެއީ ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%