ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މި އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މިއަދުގެ (25 އޮކްޓޯބަރު 2026) ހަވީރު 15:30 އިން ފެށިގެން މިރޭ 21:00 އާ ހަމައަށް މި އެލާޓްގެ އަސަރުކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.

މި ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން، ވިއްސާރައިގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.