Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ށ. ކަނޑިތީމަށް ބީއެމްއެލް ގެ ބްރާންޗަކާއި 20 އެނދުގެ ސިއްހީ މަރުކަޒެއް

ށ. ކަނޑިތީމަށް ބީއެމްއެލް ގެ ބްރާންޗަކާއި 20 އެނދުގެ ސިއްހީ މަރުކަޒެއް

އައިޝަތު ރުވާ ރިފްޢަތު
331 ދުވަސް ކުރިން - 13 އޮކްޓޫބަރު 2025 20:27
ކަނޑިތީމު ރައްޔިތުންނާއެކު ރައީށް ފޮޓޯއަކަށް ހުއްޓިވަޑައިގެން. - ފޮޓޯ: ރައީސް އޮފީސް
ކަނޑިތީމު ރައްޔިތުންނާއެކު ރައީށް ފޮޓޯއަކަށް ހުއްޓިވަޑައިގެން. - ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ކަނޑިތީމުގެ ބީއެމްއެލް ބްރާންޗު އަންނަ މާޗު މަހު ނިމޭނެ ކަމަށް. އަދި މިމަސްތެރޭ 20 އެނދުގެ ސިްއހީ މަރުކަޒެއް އިމާރާތްކުރުމަށް މަސައްކަތް ހަވާލުކުރާނެ ކަމަށް.

ށ. ކަނޑިތީމުގައި މިއަދު ބިންގާ އެޅުނު ބީއެމްއެލްގެ ބްރާންޗުގެ މަސައްކަތް އަންނަ މާޗު މަހަށް ނިމޭނެ ކަމަށާއި މި އޮކްޓޫބަރު މަސްތެރޭ އެ ރަށުގެ ސިއްހީ މަރުކަޒުގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށް 20 އެނދު ހިމެނޭ އިމާރާތެއްގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު ކަނޑިތީމަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކޮށް ރައީސް ވަނީ އެ ރަށު ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެއްސެވުމަށް ގިނަ މަޝްރޫތަކެއް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ރަށުގެ ހުއްޓިފައިވާ ސިއްހީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް ޓާމިނޭޓް ކޮށްފައި މި މަސްތެރޭގައި އެހެން ބަޔަކާ ކޮންޓްްރެކްޓް ހެދި މި އަހަރު ތެރޭގައި އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުގެ ސްކޯޕް ބަދަލުކޮށް އެ މަޝްރޫއުއަކީ ދެ ބުރީގެ އިމާރާތެއް ކަމަށާއި 10 ވޯޑް އެނދާއި ޕްރައިވެޓް ރޫމްތަކާއި ކޮންސަލްޓޭޝަން ރޫމާއެކު ޖުމްލަ 20 އެނދު އެ އިމާރާތުގައި ހިމެނޭނެ ކަމަށެވެ.

Advertisement

Advertisement 1

އެ ރަށުގެ ކުޅިވަރު ދާއިރާ ތަރައްގީ ކުރެއްވުމުގެ ގޮތުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި އެ ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރާނީ އެހެން ރަށްތަކުގެ ދަނޑުތައް ވެސް ތަރައްގީކުރާ ގޮތަށް، ވަށާފާރު ރާނައި، ފެންސު ޖަހައި، ޗޭންޖިންގ ރޫމެއްގެ އިތުރުން ރޭނގަޑު ކުޅެވޭނެ ގޮތަށް ލައިޓު ވެސް ޖަހައިގެންނެވެ.

ކަނޑިތީމް ސްކޫލުގެ މަލްޓިޕާޕޯސް ހޯލަށް އަލިއަޅުވާލައި އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތަކީ ވަރަށް ބޮޑު މަޑުޖެހުމެއްގެ ތެރެއިން ދާ ކަމެއް ކަމަށާއި ނަމަވެސް އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެފައިވާ ވައުދުތަކާއި ދެން ވެސް ހުރި ކަންކަން ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމަށް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށެވެ. ބައެއް ކަންކަން ލަސްވެފައިވަނީ ފެށިފައި ހުރި ކަންކަމުގައި ގިނަ މައްސަލަތަކެއް ދިމާވުމުން ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުށ. ކަނޑިތީމުށ. އަތޮޅު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05