މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް ބޭފުޅުން ހަމަޖައްސައިފި އެވެ.
މި ކޮމިޝަނުގެ މެމްބަރުކަމަށް މީޑިއާތަކުން އިންތިހާބުކޮށްފައިވަނީ:
- އަބްދުލްއަޒީޒު އިބްރާހިމް، ށ. ފޭދޫ، މޫނިމާގެ
- ޒައްމަތު އަހްމަދު ވަހީދް، ގދ. ތިނަދޫ، މަލަ
- ސިމާހާ ނަސީމް، ގދ. ރަތަފަންދޫ، ވެލީގެ
- ހުސައިން ސަފީގް، ހދ. ވައިކަރަދޫ، ހިސާން
ޖުމްލަ ހަތް މެމްބަރެއްގެ މައްޗަށް އެކުލެވޭ މި ކޮމަޝަނުގެ ބާކީ ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
މީޑިއާ ތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ހޮވުމަށް މިދިޔަ ހޮނިހިހރު ދުވަހު ވަނީ އިންތިހާބު ބާއްވާފަ އެވެ. އެ އިންތިހާބުގައި 353 މީޑިއާ އަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން ބުނެފައިވާ ގޮތުގައި އެ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލެވޭނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކަމަށެވެ. އެހެންކަމުން އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އިއްޔެ ވަނީ ހަމަވެފަ އެވެ. ސުންގަޑި ހަމަވިއިރު 10 ބޭފުޅަކު ވަނީ މި މަގާމަށް ކުރިމަތިލާފަ އެވެ. އެ ބޭފުޅުންނަކީ:
- ފާތިމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ (ކުރީގެ އެމްއެމްސީ މެމްބަރު)
- އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި (ކުރީގެ ބްރޯޑް ކޮމް މެމްބަރު)
- އިބްރާހިމް މުހައްމަދު، ގ. ވިންޑް (ކުރީގެ އެމްއެމްސީ ނައިބު ރައީސް)
- މޫސާ ރިލްވާން، މ. ހާވިލާ (ކުރީގެ ބްރޯޑް ކޮމް މެމްބަރު)
- ޝަފާ ޝަފީގް، ދ. މީދޫ، ބިއްލޫރި ވިލާ (ކުރީގެ ބްރޯޑް ކޮމް މެމްބަރު)
- މުހައްމަދު ފަރުޝަތު، ހ. ޓޫ ހާޓްސް (ކުރީގެ މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް)
- ޝެހެނާޒް އަދްނާން، ދަފްތަރު 8580
- މުހައްމަދު ޝަމީސް، އއ. ތޮއްޑޫ، ފިނިވާގެ، (ހައުސިންގ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު)
- ފާރިސް ތޯހާ، ހ. ސޯސަން
- ޝަފީގާ ނައީމް، ބީޗް ސައިޑް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނަންތައް ތަޅުމުގައި އިއްވުމަށް ފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އެ ނަންތައް ވަނީ ފޮނުވާފަ އެވެ.






