Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަންމަގެ ގައިން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުޖެހޭ ފުރަތަމަ ގައުމަކަށް ވުމުގެ ރެކޯޑު ރާއްޖެ އަށް!

މަންމަގެ ގައިން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުޖެހޭ ފުރަތަމަ ގައުމަކަށް ވުމުގެ ރެކޯޑު ރާއްޖެ އަށް!

އައިޝަތު ރުވާ ރިފްޢަތު
285 ދުވަސް ކުރިން - 13 އޮކްޓޫބަރު 2025 17:08
ތުއްތު ކުއްޖަކު ގޮވައިގެން ދެ މީހަކު ގޮނޑުދޮށެއްގައި. ބަލިތަކުން ސަލާމަތްވުމަކީ މުޖުތަމައުގައި އުޅޭ އެންމެންގެ ޒިންމާއެއް - ފޮޓޯ: ދަ ބޯގެން ޕްރޮޖެކްޓް
ތުއްތު ކުއްޖަކު ގޮވައިގެން ދެ މީހަކު ގޮނޑުދޮށެއްގައި. ބަލިތަކުން ސަލާމަތްވުމަކީ މުޖުތަމައުގައި އުޅޭ އެންމެންގެ ޒިންމާއެއް - ފޮޓޯ: ދަ ބޯގެން ޕްރޮޖެކްޓް
ޚުލާސާ

ޑަބްލިއުއެޗްއޯ އިން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ މި ތިން ބަލިން ރާއްޖެ ސަލާމަތްވެފައި އޮތް އޮތުމަކީ ހަރުދަނާ ސިއްހީ ނިޒާމުތަކުގެ އޮތުމުގެ ނަތީޖާ ކަމަށް.

މައިމީހާގެ ފަރާތުން ތުއްތު ދަރިފުޅަށް ގަޔަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓިޓިސް ބީ ނުޖެހޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ވަނީ އެކަން މިއަދު އިއުލާނުކޮށްފަ އެވެ.

ޑަބްލިއުއެޗްއޯ ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ބުނެފައިވަނީ ހަރުދަނާ ސިޔާސީ ވިސްނުމާއި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކުގެ ސަބަބުން މައިމީހާގެ ފަރާތުން ދަރިފުޅަށް މި ނުރައްކާތެރި ބަލިތައް ފެތުރުން ހުއްޓުވޭނެކަން ރާއްޖެއިން ސާބިތުކޮށްދީފައިވާ ކަމަށެވެ.

މައިމީހާގެ ފަރާތުން ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ބަލިޖެހިފައި އެބަހުއްޓެވެ. ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެކަނިވެސް 2024 ވަނަ އަހަރު 23،000 އަށް ވުރެ ގިނަ މާބަނޑު އަންހެނުންނަށް ސިފިލިސް ޖެހިފައިވާއިރު، 8،000 އަށް ވުރެ ގިނަ ތުއްތު ކުދިން ވަނީ ކޮންޖެނިޓަލް ސިފިލިސް ޖެހިފަ އެވެ. އެޗްއައިވީ ޖެހިފައިވާ 25،000 މާބަނޑު އަންހެނުންނަށް މައިމީހާގެ ފަރާތުން ދަރިފުޅަށް ބަލި ފެތުރުން ހުއްޓުވުމަށް ފަރުވާ ދޭން ޖެހިފައިވާއިރު، ހެޕަޓައިޓިސް ބީ މި ސަރަހައްދުގެ 42 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފަ އެވެ.

Advertisement

Advertisement 1

ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް އޮފީހުގެ އޮފިސަރ އިން ޗާޖް ޑރ. ކެތަރީނާ ބޯހްމީ ބުނެފައިވަނީ ރާއްޖެއިން މި ހޯދި ކާމިޔާބީ އަކީ އެންމެނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ވަނީ މައިމީހާގެ ސިއްހަތާއި ތުއްތު ދަރިފުޅުގެ ސިއްހަތާ ގުޅޭ ގޮތުން ވަރަށް ފުރިހަމަ ވިސްނުމެއް ގާއިމްކޮށްފަ އެވެ. އެގޮތުން މާބަނޑު އަންހެނުންގެ ތެރެއިން 95 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް ވިހެއުމުގެ ކުރިން މި ތިން ބައްޔަށް ފަރުވާ ލިބެ އެވެ. ރާއްޖޭގައި ވެކްސިން ދިނުމުގެ ހަރުދަނާ ނިޒާމެއް އޮންނަ އިރު، އަލަށް އުފަންވާ ކުދިންގެ ތެރެއިން 95 ޕަސެންޓަށް ވުރެ ގިނަ ކުދިން އުފަންވާއިރު ހެޕަޓައިޓިސް ބީ ގެ ޑޯޒް ފުރިހަމަކުރެ އެވެ. މީގެ ސަބަބުން މުޅި އުމުރަށް އިންފެކްޝަން ޖެހުމުން ތުއްތު ކުދިން ސަލާމަތް ކުރެ އެވެ. ނަތީޖާއެއްގެ ގޮތުން 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު އެޗްއައިވީ ނުވަތަ ސިފިލިސް ޖެހިފައިވާ އެއްވެސް ކުއްޖަކު އުފަންވެފައެއް ނުވެ އެވެ.
މި ލަނޑުދަނޑިއަކީ ސަރުކާރާއި، އަމިއްލަ ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ބައިނަލްއަގްވާމީ ފަރާތްތަކާއި، ސްކްރީނިންގއާއި، އައުޓްރީޗް އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރާ ހަރުދަނާ ބައިވެރިވުމެއްކަން ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައި ވެއެވެ.

ބަލިޑަބްލިޔޫއެޗްއޯސިއްހަތުދުނިޔޭގެ ރެކޯޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

54 ދުވަސް ކުރިން - 23:07

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލިން ފަސް މީހަކު ރަނގަޅުވެއްޖެ

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލިން ފަސް މީހަކު ރަނގަޅުވެއްޖެ

55 ދުވަސް ކުރިން - 20:36

ކޮންގޯގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުންދާތީ އެމް.އެސް.އެފް އިން އިންޒާރު ދީފި

ކޮންގޯގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުންދާތީ އެމް.އެސް.އެފް އިން އިންޒާރު ދީފި

56 ދުވަސް ކުރިން - 05:33

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

62 ދުވަސް ކުރިން - 10:58

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

74 ދުވަސް ކުރިން - 20:27

ހެންޓަވައިރަސްގެ 11 ކޭސް، 3 މަރު!

ހެންޓަވައިރަސްގެ 11 ކޭސް، 3 މަރު!

78 ދުވަސް ކުރިން - 23:35