Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައްޔިތުން ކައިރިއަށް ނުގޮސް މާލޭގައި މަޑުކުރުން އެއީ އަޅުގަނޑު ގެންގުޅޭނެ ސިޔާސަތެއް ނޫން: ރައީސް

ރައްޔިތުން ކައިރިއަށް ނުގޮސް މާލޭގައި މަޑުކުރުން އެއީ އަޅުގަނޑު ގެންގުޅޭނެ ސިޔާސަތެއް ނޫން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
321 ދުވަސް ކުރިން - 13 އޮކްޓޫބަރު 2025 14:34
ނޫމަރާގެ ރައްޔިތުންނާ ރައީސް ސަލާމްކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
ނޫމަރާގެ ރައްޔިތުންނާ ރައީސް ސަލާމްކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވެސް ވައުދުވި ކަމަށާއި އެގޮތަށް އެކަން ކުރައްވަނީ މައްސަލަތައް ހައްލުކުރައްވަން ފަސޭހަފުޅުވާނެތީ ކަމަށް

ރައްޔިތުން ގާތަށް ރަށްރަށަށް ނުގޮސް މާލޭގައި ހުންނެވިދާނެ ކަމަށާއި، ނަމަވެސް އެއީ މާ ކުރީގައި ވެރިން ގެންގުޅުއްވާ އުސޫލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ށ. އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ނޫމަރާ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް އެމަނިކުފާނު ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ކަންކަން އެންމެ ރަނގަޅަށް އޮޅުންވިލުވުމުގެ ބޭނުމުގައި ކަމަށާއި، ވަގުތުން ހައްލުކުރެވޭނެ ކަންކަން ހައްލުކުރުމަށާއި އެހެނިހެން މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ރާވާލުމަށް ފަސޭހަކުރުމުގެ ބޭނުމުގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރަށްރަށަށް މަދުވެގެން ދެ ފަހަރު ވަޑައިގަތުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.

ރަށްރަށުގެ ކައުންސިލްގެ ބޭފުޅުން މާލެ ވަޑައިގެން އެތަކެއް މިނިސްޓްރީއަށް ގޮސް މީޓިންތަކެއް ބޭއްވުމުން އެ ހޭދަވަނީ ވަރަށް ވަގުތު ކަމަށާއި، އޭގެ ބަދަލުގައި މިނިސްޓްރީ ތަކުގެ ބޭފުޅުންނާއެކު އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ބައްދަލުވުންތައް ބޭއްވުމުން ހުރިހާ މައްސަލަތަކަށް އެއްފަހަރާ ހައްލުކުރެވި ނުވަތަ ހައްލުކުރާނެ ގޮތްތަކެއް ރާވާލެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement 1

އެމަނިކުފާނު ވިދާޅުވީ ހަގީގީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންގެ ކައިރިޔަށް ވަޑައިގެން ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަން ކުރުން ކަމަށެވެ.

ކޮންމެ އަތޮޅަކަށް ވަޑައިގެން ރައީސް ދަނީ މި ވާހަކަތައް ތަކުރާރުކުރައްވަމުންނެވެ. ސަބަބަކީ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމަކީ އެމަނިކުފާނުގެ މައިގަނޑު އަމާޒެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުށ. ނޫމަރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

14 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

15 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

15 ގަޑިއިރު ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

23 ގަޑިއިރު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ދުވަސް ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

2 ދުވަސް ކުރިން - 08:31