ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ފުރާވަޑައިގެންފި

އައިޝަތު ރުވާ ރިފްޢަތު | 5 ދުވަސް ކުރިން - 13 އޮކްޓޯބަރު 2025 08:13
ރައީސުލްޖުމްހޫރިއްޔާ މޯލްޑިވިއަންގެ ބޯޓުން ފައިބާވަޑައިގަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ މޯލްޑިވިއަންގެ ބޯޓުން ފައިބާވަޑައިގަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރަސްމީ މި ދަތުރުފުޅުގައި މީހުން ދިރިއުޅޭ 14 ރަށަކަށް އެމަނިކުފާނު ވަޑާއިގަންނަވާނެ. މިއީ ހަތަރު ދުވަހުގެ ދަތުރުފުޅެއް.

ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރާވަޑައިގެންފި އެވެ.

އެހެން އަތޮޅުތަކަށް މީގެ ކުރިން ކުރެއްވި ދަތުރުފުޅުތަކެކޭ ވެސް އެއްގޮތަށް ށ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެއަތޮޅު ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ވެސް ބައްލަވާނެ އެވެ.

ށ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މީހުން ދިރިއުޅޭ 14 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ، އަދި މާއުނގޫދޫ އަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނެވި އެވެ.

ނިމިދިޔަ ހަފްތާގައި އެމަނިކުފާނު ވަނީ އދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ ގިނަ މަޝްރޫއުތައް ފައްޓަވައިދެއްވައި ރަށްރަށުގައި ނިމިފައި ހުރި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%