Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެޗްޑީސީގެ ފްލެޓުތައްވެސް ކުއްޔަށްދީފައި ހުރިތޯ ބަލައި، ފިޔަވަޅު އަޅަނީ

އެޗްޑީސީގެ ފްލެޓުތައްވެސް ކުއްޔަށްދީފައި ހުރިތޯ ބަލައި، ފިޔަވަޅު އަޅަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
242 ދުވަސް ކުރިން - 12 އޮކްޓޫބަރު 2025 16:58
ހިޔާ ފުލެޓް. ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ ފުލެޓްތައް ނުއަގުގައި ކުއްޔަށް ދޫކުރާ މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެއް--- ފޮޓޯ: ޚުލާސާ
ހިޔާ ފުލެޓް. ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ ފުލެޓްތައް ނުއަގުގައި ކުއްޔަށް ދޫކުރާ މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެއް--- ފޮޓޯ: ޚުލާސާ
ޚުލާސާ

އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އާންމު ފަރާތްތަކުން އެ ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް، ޝުކުރު އަދާކޮށްފަ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފްލެޓުތައް އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދޭނަމަ އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިކަމާ ގުޅިގެން އެޗްޑީސީ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ، ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކަށްވާތީ، ފުލެޓްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީއާއި ސޯޝަލް ހައުސިން ފުލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއްކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ސޯޝަލް ހައުސިން ޔުނިޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެޗްޑީސީއިން ބަލަމުން ގެންދާނެ ކަމަށާއި، އެއްބަސްވުމާ ހިލާފަށް އެހެންފަރާތްތަކަށް ފުލެޓް ކުއްޔަށް ދީފައިވާނަމަ އެ ފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

އެޗްޑީސީއިން މިކަން މިގޮތަށް ނިންމާފައި މިވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފަހިދިރިއުޅުން ފްލެޓުތަކުގެ އެއްބަސްވުންތައް ހަދައި ފްލެޓުތައް އޭގެ ވެރިފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް ނުނިމެނީސް، ފްލެޓު ލިބުނު ފަރާތަކުން އެތަން ކުއްޔަށް ދިނުމަށް ކުއްޔަށްދޫކުރާ ކަމަށް އިސްތިހާރުކުރުމާ ގުޅިގެން އެފަދަ ފަރާތްތައް ހޯދައި ފްލެޓް އެއްބަސްވުން ބާތިލުކުރާނެ ކަަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން އެފްޑީސީގެ ތިން ކޮޓަރީގެ ފުލެޓެއް، ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ ދެގުނަ ބޮޑުކޮށް، 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރާ ކަމަށް އައިބޭގައި އިސްތިހާރުކޮށްފައިވެ އެވެ. ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ ފުލެޓްތައް ނުއަގުގައި ކުއްޔަށް ދޫކުރާ މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެކެވެ.

އެޗްޑީސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

20 މިނެޓު ކުރިން - 16:51

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

6 ދުވަސް ކުރިން - 17:15

4000 ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް އެއްކޮށް ނިންމާނެ: އެޗްޑީސީ

4000ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް ނިންމާނެ

14 ދުވަސް ކުރިން - 17:49

ހުޅުމާލޭ ފޭސް 1ގައި ގާއިމްކުރި 'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

23 ދުވަސް ކުރިން - 17:10

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

26 ދުވަސް ކުރިން - 16:15

ހުޅުމާލެ ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ދާ ޖަހަން ފަށައިފި

ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރަން ފަށައިފި

34 ދުވަސް ކުރިން - 20:20