Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވަގުތު ހުސްކޮށްގެން ނަމަވެސް ކީރިތި ގުރުއާން ކިޔަވަންޖެހޭ: ރައީސް

ވަގުތު ހުސްކޮށްގެން ނަމަވެސް ކީރިތި ގުރުއާން ކިޔަވަންޖެހޭ: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
323 ދުވަސް ކުރިން - 12 އޮކްޓޫބަރު 2025 16:58
ރައީސް މުއިއްޒު. --- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު. --- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ވަށައިޖެހޭ ތަރައްގީއަކީ ސިކުނޑިތައް ތަރައްގީވުން ކަމަށާއި މީގެ އިތުރުން ބަހާ އަމަލު އިސްލާމްދީނުގައި އަންގަވާފައިވާ މަގުން ކުރިއަށް ދިޔުމުގައި އިސްކަންދީގެން ކުރިއަށް ދިޔުމަށް ވިސްނުންކަމަށް ރައީސް ވިދާޅުވި

ވަގުތު ހުސްކޮށްގެން ނަމަވެސް ކީރިތި ގުރުއާން ކިޔަވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މި މޭރުމުން ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މީގެކުރިން ދެ ނަމާދު ދޭތެރޭގެ ވަގުތުގައި ގޭގޭގައި އަދި މިސްކިތްތަކުގައި ކުދިންނާއި މައިންބަފައިން ގުރުއާން ކިޔެވުމުގައި ޝާމިލުވެ އުޅޭ ކަަމަށާއި، އެހެންނަމަވެސް ބިޒިވެގެންނާއި އެކި ކަންކަމުގެ ތެރެއިން އެ އާދަ ގާތްގަނޑަކަށް މިހާރު ނެތިގެން ގޮސްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް އެއީ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިދުވަސްވަރު އެންމެންވެސް ވަރަށް ބިޒީ ކަމަށާއި، އެކި ކަންކަމުގައި އާމްދަނީ ހޯދުމާއި، ކުދިންނަށް ކިޔަވައިދިނުމާއި، ކުޅިވަރު ކުޅުމުގައި ޝާމިލުވެ އުޅޭ ކަމަށާއި، އެހެންނަމަވެސް އެންމެ އިސްކަމެއް ދޭންޖެހޭ ކަންކަމުގައި ވަގުތު އޮންނަން ޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ އަޅުކަންތައް އަދާކުރުމުގައި އަދި އިސްލާމް ދީނުގައި އިންސާނުންގެ މައްޗަށް ވާޖިބުވެފައިވާ ކަންކަމަކީ ވަގުތު ނެތިގެން އެކަންކަމަށް ފަރުވާ ކުޑަކުރާ ކަންކަމަށްވާނަމަ މުޖުތަމައުގެ ތެރޭގައި އުފާފާގަތި ކަމާ އަމާންކަމެއް ނޯންނާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement 1
"އެހެންވީމަ އަޅުގަނޑުމެން އިސްކަމެއް ދޭންޖެހޭ އަޅުގަނޑުމެންގެ ތެރޭގައި މިގޮތަށް ހުރި ރީތި އާދަތައް އަނބުރާ ގެންނަން. މަގުރިބު ނަމާދުކޮށްގެން އިޝާ ނަމާދާ ދޭތެރޭގައި ތަރުތީބުކޮށްގެން އަޅުގަނޑުމެން ވަގުތު ހުސްކުރަން އެބަޖެހޭ ކިޔަވަން. އެއީ ކޮންމެހެން އެގަޑީ އެކަނި ކިޔަވާކަށް ނޫން. މިސާލެއް މި ދެންނެވީ." --- ރައީސް ވިދާޅުވި އެވެ.

މިހާރަށްވުރެ ބޮޑަށް ގުރުއާނަށް ސަމާލުކަން ދީގެން ރީތިކޮށް ގުރުއާން ކިޔެވުމަށް މަސައްކަތްކޮށް ދިނުމަށާއި، ކުދިން އެ މަގުން ކުރިއަށް ދިއުމަށް އެކިކަހަލަ ކަންކަން ހުރިހާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމުގެ މުހިއްމު ކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުރީގެ މިފަދަ ރީތި އާދަތައް އަނބުރާ ގެންނަން މަސައްކަތްކުރުމުން ގައުމަށް ހަގީގީ ކުރިއެރުން ލިބޭނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

2 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

2 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

2 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

4 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

4 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

4 ގަޑިއިރު ކުރިން - 16:42