Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަޝްރޫއުތަކަށް އެމްޓީސީސީން 56،450 ޓަނުގެ ބޮޑުހިލަ ގެނެސްފި

މަޝްރޫއުތަކަށް އެމްޓީސީސީން 56،450 ޓަނުގެ ބޮޑުހިލަ ގެނެސްފި

މުހައްމަދު ޖަމްޝަތު
287 ދުވަސް ކުރިން - 12 އޮކްޓޫބަރު 2025 13:36
އެމްޓީސީސީން ގެނެސްފައިވާ ބޮޑުހިލައިގެ ޝިޕްމަންޓެއް---ފޮޓޯ:އެމްޓީސީސީ
އެމްޓީސީސީން ގެނެސްފައިވާ ބޮޑުހިލައިގެ ޝިޕްމަންޓެއް---ފޮޓޯ:އެމްޓީސީސީ
ޚުލާސާ

ބޮޑުހިލަ ބޭނުންކޮށްގެން ރާއްޖޭގެ ގިނަ ރަށްރަށުގެ ބިންހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީން އަންނަނީ ކުރަމުން

ރައްރަށުގެ އުމުރާނީ ތަރައްގީއަށް އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ގެންނަ ބޮޑު ހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓު ރާއްޖެ ގެނެސްފި އެވެ.

އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޮޑުހިލައިގެ ފުރަތަމަ ބަލްކް ޝިޕްމަންޓް މިދިޔަ ހުކުރު ދުވަހު ގެނެސްފައިވާ ކަމަށާއި އެ ޝިޕްމަންޓްގައި 56,450 ޓަނުގެ ބޮޑު ހިލަ ހުންނާނެ ކަމަށެވެ. އަދި އެ ޝިޕްމަންޓުން ގެނައި ބޮޑު ހިލަ އެންމެ ފުރަތަމަ ފޯރުކޮށްދިނީ ބ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫ އަށް ކަމަށްވެސް ބުންޏެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެއަށް ގެނައުން ކަމަށާއި އެ އަދަދަކީ އެކުންފުންޏާއި ހަވާލުކޮށްފައިވާ ޕީއެސްއައޕީ މަޝްރޫއުތައް އަވަހަށް ނިންމުމަށް ބޭނުންވާ ޖުމުލަ އަދަދު ކަމަށެވެ. އަދ،ި އެ ޝިޕްމަންޓްތައް ގެނެވުމުން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ގިނަ މަޝްރޫއުތައް ނިމި ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކަކާއެކު އާންމު ދިރިއުޅުމަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

Advertisement

Advertisement 1

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަށް ނުހުއްޓި ކުރިއަށްގެންދިއުމަށް ބޮޑުހިލައިގެ ބަލްކް ޝިޕްމަންޓްތައް ގެނެސް މަޝްރޫއުތައް އަވަސްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފަ އެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގަ އެވ.ެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް

2 ދުވަސް ކުރިން - 16:00

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

3 ދުވަސް ކުރިން - 08:54

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

4 ދުވަސް ކުރިން - 11:30

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

8 ދުވަސް ކުރިން - 16:30

ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

ކުރީގެ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

8 ދުވަސް ކުރިން - 21:11

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

11 ދުވަސް ކުރިން - 10:20