ރައީސް އޮފީހުގެ މުވައްޒަފުންނަށް ފަޔާ އެވެއާނަސް ސެޝަނެއް އެމްއެންޑީއެފުން ކުރިއަށް ގެންގޮސްފި

އައިޝަތު ރުވާ ރިފްޢަތު | 6 ދުވަސް ކުރިން - 11 އޮކްޓޯބަރު 2025 21:53
ބޭސިކް ފަޔަރ އެވެއަރނެސް ސެޝަނުގައި ބައިވެރިވި ރައީސް އޮފީހުގެ މުވައްޒަފުން - ފޮޓޯ: އެމްއެންޑީއެފް
ބޭސިކް ފަޔަރ އެވެއަރނެސް ސެޝަނުގައި ބައިވެރިވި ރައީސް އޮފީހުގެ މުވައްޒަފުން - ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

މި ސެޝަނުގެ މައިގަނޑު އަމާޒަކީ އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތާއި، އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ ކިޔައިދިނުން.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިއު ޓްރެއިނިން ސްކޫލާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ހުރިހާ މުވައްޒަފުންނަށް "ބޭސިކް ފަޔާ އެވެއަނެސް" ގެ ނަމުގައި ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ޓްރެއިނިން ސްކޫލުގައި މިހާތަނަށް ރައީސް އޮފީސް މުވައްޒަފުންނަށް އަމާޒުކޮށްގެން ހަ ސެޝަނެއް ކުރިޔަށް ގެންގޮސްފައިވާއިރު މި ސެޝަންތަކުގައި 54 މުވައްޒަފަކު ބައިވެރިވެފައިވެ އެވެ.

މި ސެޝަންތަކުގެ މައިގަނޑު ބޭނުމަކީ އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތާއި، އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައިދިނުމެވެ. އަދި މި ސެޝަނުގައި އެ މުވައްޒަފުންނަށް އަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ވެސް ދަސްކޮށްދީފައިވެއެވެ.

މި ސެޝަނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުންނެވެ.

އެމްއެންޑީއެފް އިން އަބަދުވެސް މިފަދަ ތަމްރީނުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި އޮފީސްތަކަށާއި ސްކޫލް ދަރިވަރުންނަށް ނަގައިދެއެވެ. މިއަދު ހެދުނު ސަލާހުއްދީން ސުކޫލުގެ ސްކައުޓުންނާއި ކަބް ސްކައުޓުންނަށް ވެސް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ފަޔާ ސޭފްޓީ އެވެއަނަސް ސެޝަނެއް ކުރިއަށްގެންގޮސްފައި ވެއެވެ.

މި ސެޝަނުގައި އެ ސްކޫލުގެ 190 ސްކައުޓުންނާއި ކަބް ސްކައުޓުން ބައިވެރިވެފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%