Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

15 އަހަރަށް ފަހު، ދަރިވަރުން ކޭމްޕް ދާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި

15 އަހަރަށް ފަހު، ދަރިވަރުން ކޭމްޕް ދާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި

މުހައްމަދު ޖަމްޝަތު
277 ދުވަސް ކުރިން - 11 އޮކްޓޫބަރު 2025 13:08
ސްކޫލް ކުދިން ކޭމްޕް ދިއުމަށް ކްރޮސްރޯޑްސްގައި ހަދާފައިވާ ސަރަހައްދު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ސްކޫލް ކުދިން ކޭމްޕް ދިއުމަށް ކްރޮސްރޯޑްސްގައި ހަދާފައިވާ ސަރަހައްދު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސްކޫލް ކުދިން ކޭމްޕަށް ދާން މާލެ ސަރަހައްދުގައި ކުރިން ބޭނުންކުރަމުން އައީ ފޭދޫ ފިނޮޅު. އެތަން ވަނީ ރިސޯޓެއް ހަދަން ދީފަ.

ކެޑޭޓު، ގައިޑު އަދި ސްކައުޓު ހަރަކާތްތަކުގައި ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ނެތުމުގެ ކަންބޮޑުވުމަށް ނިމުމެއް ގެނެސްދީ ސަރުކާރުން އެކަމަށް ހާއްސަ ތަނެއް މާލެ ކައިރީގައި މިއަދު ހުޅުވައިފި އެވެ.

ދަރިވަރުން ކޭމްޕް ދިއުމަށް ސަރުކާރުން ހަމަޖައްސައިދިނީ އެނބުދޫ ފަޅުގައި (ކްރޮސްރޯޑްސް)ގައި އެކަމަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ ސަރަހައްދެކެވެ. 15 އަަހަރުފަހުން ސްކޫލް ކުދިންނަށް ކޭމްޕް ދާނެ ތަނެއް ހަމަޖައްސައިފީ އެ ސަރަހައްދު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ސަރަހައްދަކީ ޑްރީމް އައިލެންޑް ޓޫ ލިމިޓެޑް ކްރޮސްރޯޑްސްގެ އިޖްތިމާއީ ޒިންމާގެ ދަށުން ގާއިމުކޮށްދީފައިވާ ތަނެކެވެ. ޖުމުލަ ތިން ހެކްޓަރުގެ އެ ސަރަހައްދުގައި މިސްކިތަކާއި ފަސްޓް އެއިޑް ކޮޓަރިއަކާއި އެޑްމިން އޮފީހެއް އަދި ކޮޓަރިތައް ހުރެ އެވެ.

Advertisement

Advertisement 1

މި ތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިއީ ކުދިންގެ ކިޔެވުމުގެ އެކި ހަރަކާތްތަކުގައި ބޭނުންކުރެވޭނެ ތަނެއް ކަމަށާއި ކެޑޭޓާއި ސްކައުޓް އަދި ގާލް ގައިޑް ފަދަ ޔުނިފޯމް ބޮޑީސް"ގެ ހަރަކާތްތަކަކީ ކުދިންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ވަރަށް މުހިއްމު ހަރަކާތްތަކެއް ކަމަށެވެ.

އަދި ސްކޫލް ކުދިންގެ ކޭމްޕިން ގްރައުންޑެއް މާލެ ސަރަހައްދުގައި ނެތި 15 ވަރަކަށް އަހަރުވެފައިވާއިރު މިއަދު އެކަމަށް ހާއްސަކޮށްގެން ހުޅުވި ތަނަކީ އެ ކަމަށް ވަރަށް އެކަށޭނަ ތަނެއް ކަމަށާއި "ޔުނިފޯމް ބޮޑީސް" ގެ ހަރަކާތްތައް ކޭމްޕިން ގްރައުންޑާ އެކު، ފުރިހަމަ ވާނެ ކަމުގެ އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

”މިއީ ތައުލީމީ އެކި އެކި ހަރަކާތްތައް ކުރިއަށްގެންދާނެ ސަރަހައްދެއްގޮތަށް އޮންނާނީ، އަބަދު ކޭމްޕްތައް އެތަނުގައި ކުރިއަށް ނުދާނެ، އެހެން ވީމާ އެކި ދިރާސާތައް ކުދިން ކުރިއަށް ގެންދިޔުމަށްވެސް އެތަން ބޭނުންކުރެވޭނެ. އަދި އިތުރު ހަރަކާތްތަކަށްވެސް އެތަން ބޭނުންކުރާނެ،“ މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުދިންގެ ހުނަރުތައް ތަރައްގީކުރުމަށް އެތަނުގެ ބޭނުން ފުރިހަމައަށް ހިފުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްމިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްމިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
Ad
Ad

ގުޅޭ ޚަބަރުތައް

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

3 ގަޑިއިރު ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

1 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

1 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

2 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

2 ދުވަސް ކުރިން - 13:22

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ވަހީދު

277 ދުވަސް ކުރިން - 13:43

އެޑިއުކޭސަން މިނިސްޓަރުގެ ދަތުރުދާ މާލަން. އާއިލާ މީހުން ދަތުރުގޮސް ތިއްބަ ދެން އެންމެ އަވަހަށް ފެންނާނީ. ބަލަން ތިބެމާ.