ސްޓެމްފޯޑް ބްރިޖްގައި އިންޓަ މިލާނާ ދެކޮޅަށް ޗެލްސީން ކުޅުނު ޕްރީ ސީޒަންގެ ފޯރިގަދަ މެޗު އިންޓަމިލާން މޮޅުވަމުން ދަނިކޮށް ޗެލްސީން ގޯލު ޖަހައި 1-1 އިން އެއްވަރު ކޮށްފިއެވެ.
ޗެލްސީން އެއްވަރުކުރީ މެޗުގެ ވަރަށް ކުރީކޮޅު އިންޓަމިލާނުން ލީޑު ނަގާފައި ވަނިކޮށް ފަހަތުން އަރައެވެ.
އިންޓައިން މެޗުގެ 26 ވަނަ މިނެޓުގައި ތުރާމް ގޯލު ޖަހާފައި ވަނިކޮށް މެޗު ނިމެން ފަހު މިނެޓަށް ވީތަނާ ލިބުނު ހިލޭ ޖެހުމަކުން ފައިދާ ނަގައިގެން ޗެލްސީއަށް ނަތީޖާ ހަމަހަމަކޯށްދިނީ ލެސްލީ އުގޮޗުކުވޫ ޖެހި ގޯލުންނެވެ.
ޗެލްސީން މިމެޗުގައި 21 ހަމަލާ ފޮނުވި ނަމަވެސް އިންޓަގެ ކީޕަރު ޔާން ސޮމާ ވަަރަށް ހުޝިޔާރުކަމާއެކު ޗެލްސީގެ ހަމަލާތައް ދިފާއު ކުރުމުގައި އުޅެން ޖެހުނީ ވަރަށް ބިޒީ ކޮށެވެ.
ޗެލްސީ ދެން އޮތީ ޕްރިމިއާލީގުގެ އެޓީމުގެ އަލަތު މެޗެވެ. އާދީއްތަ ދުވަހު ނުކުންނަން ޖެހޭނީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
އޭގެ ކުރީ ދުވަހު އިންޓަމިލާން ސީރީ އޭ ގައި ކުޅޭނީ ރަށުން ބޭރުގައި ގެނޯއާ ދެކޮޅަށެވެ.









