210 ބައިވެރިވެރިންނާއެކު ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި

މުހައްމަދު ޖަމްޝަތު | 7 ދުވަސް ކުރިން - 11 އޮކްޓޯބަރު 2025 11:01
ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާހުކުރުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް
ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާހުކުރުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއީ ޕްރިންސިޕަލުންނާއި މުދައްރުސުންނާ މަޝްވަރާކޮށް އެމީހުންގެ ރެކަމަންޑޭޝަންތައް ހިފައިގެން އަންނަ ގޮތައް ބާއްވާ މިފަދަ ފުރަތަމަ މަހާސިންތާ

ސްކޫލުތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރިންސިޕަލުންގެ މަހާސިންތާ މިއަދު ފަށައިފި އެވެ. ދެ ދުވަހުގެ މުއްދަތަކަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށްގެންދާ މި މަހާސިންތާ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މި އަހަރުގެ މަހާސިންތާގައި ރާއްޖޭގެ އެކި ސްކޫލުތަކުން ޖުމްލަ 210 ޕްރިންސިޕަލުން ބައިވެރިވެ އެވެ.

ކޮންމެ ހަަތަރު އަހަރުން އެއްފަހަރު ބާއްވާ މި މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ މަހާސިންތާއެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި މީގެ ކުރިން ބޭއްވި މިފަދަ މަހާސިންތާތަކާ މިއަހަރުގެ މަހާސިންތާ ތަފާތުވާނެ އެވެ.

ޕްރިންސިޕަލުންގެ މަހާސިންތާ 2025 އިފްތިތާހުކުރުމަށް ބޭއްވުނު ޖަލްސާ--- ފޮޓޯ: ރައީސް އޮފީސް

އެގޮތުން މިއަހަރުގެ ޕްރިންސިޕަލުންގެ މަހާސިންތާ ބާއްވަނީ ސްކޫލުތަކުގެ މުދައްރިސުންގެ ހިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށް ކަމަށާއި މިފަހަރުގެ މަހާސިންތާގައި މުދައްރިސުން ތަމްރީންކުރުމަށް އެކި ލެވެލްގައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް މިދާއިރާއަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އަދި މަހާސިންތާއަށް ތައްޔާރުވުމުގެ ގޮތުން ޕްރިންސިޕަލުންނާއި މުދައްރިސުންގެ ހިޔާލުހޯދުމުގެ ކަރުދާސްތައްވެސް ދުރާލާ ސްކޫލުތަކަށް ވަނީ ފޮނުވައިފަ އެވެ. މި ކަރުދާސްތަކަކީ ތައުލީމީ މަންހަޖު ތަންފީޒުުރުމާއި މުޖުތަމައާއި ސްކޫލާ އޮންނަ ގުޅުމާއޮ ޕްރިންސިޕަލުން ސްކޫލުތައް ހިންގާ ގޮތާއި ކްލާސްރޫމުގައި ކިޔަވައިދޭ ފެންވަރު މަތިކުރުންފަދަ ހުރިހާ ކަމަކާ ގުޅޭގޮތުން މަޝްވަރާކުރާ ކަރުދާސްތަކެއް ކަމަށާއި މި މަހާސިންތާގައި ސީދާ މުދައްރިސުންގެ ލެވެލްގައި މަޝްވަރާކޮށްގެން ހަގީގީ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%