Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޯހިޔާވަހިކަމެއް ނެތިގެން ލިބުނު ފަހިދިރިއުޅުން ފްލެޓް ކުއްޔަށް ދޫކުރަން އިސްތިހާރު ޖަހަނީ

ބޯހިޔާވަހިކަމެއް ނެތިގެން ލިބުނު ފަހިދިރިއުޅުން ފްލެޓް ކުއްޔަށް ދޫކުރަން އިސްތިހާރު ޖަހަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
333 ދުވަސް ކުރިން - 10 އޮކްޓޫބަރު 2025 23:30
ފަހިދިރިއުޅުން ކޯޕަރޭޝަން ފުލެޓުތައް. އެޕާޓްމެންޓް ލިބުނު ބައެއް ފަރާތްތަކުންދަނީ އެޕާޓްމެންޓް ކުއްޔަށް ދޫކުރާކަމަށް ސޯޝަލް މީޑިއާގެ މަންސަތަކުގައި އިސްތިހާރު ކުރަމުން--- ފޮޓޯ: ޚުލާސާ
ފަހިދިރިއުޅުން ކޯޕަރޭޝަން ފުލެޓުތައް. އެޕާޓްމެންޓް ލިބުނު ބައެއް ފަރާތްތަކުންދަނީ އެޕާޓްމެންޓް ކުއްޔަށް ދޫކުރާކަމަށް ސޯޝަލް މީޑިއާގެ މަންސަތަކުގައި އިސްތިހާރު ކުރަމުން--- ފޮޓޯ: ޚުލާސާ
ޚުލާސާ

ފްލެޓް ކުއްޔަށް ދޫކުރާ ކަމަށް އިސްތިހާރު ޖަހަން ފަށާފައިވާއިރު ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލުކުރުމުގެ މަސައްކަތް އެއްކޮށް ނުނިމޭ، ފްލެޓުގެ ކުއްޔަކީ ވެސް 25،000 ރުފިޔާ

ބޯހިޔާވަހިކަމެއް ނެތިގެން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ލިބުނު ފަހިދިރިއުޅުން ފްލެޓް ކުއްޔަށް ދޫކުރާ ކަމަށް ބައެއް ފަރާތްތަކުން އިސްތިހާރު ޖަހަން ފަށައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ލިބުނު ފަހިދިރިއުޅުން ފްލެޓް ކުއްޔަށް ދޫކުރާ ކަމަށް ބައެއް ފަރާތްތަކުން އިސްތިހާރު ޖަހަން ފަށާފައިވާއިރު ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލުކުރުމުގެ މަސައްކަތް އަދިވެސް ނުނިމެ އެވެ. ފްލެޓްތައް އޭގެ ހައްގުވެރިންނާ ހަވާލުކުރަން ފަށާފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ފްލެޓްތައް ހަވާލުކުރުމާއެކު ބައެއް ފަރާތްތަކުން މިހާރު ވަނީ އެޕާޓްމެންޓް ކުއްޔަށް ދުކުރާ ކަމަށް ސޯޝަލް މީޑިއާގެ މަންސަތަކުގައި އިސްތިހާރު ޖަހައިފަ އެވެ. އެގޮތުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރާ ކަމަށް އިސްތިހާރު ޖަހައިފައިވެ އެވެ.

Advertisement

Advertisement 1

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފުލެޓްތަކުގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކާއި ތިން ކޮޓަރީގެ އެޕާޓްމެންޓު ހުރެ އެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 7،000 ރުފިޔާއަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 1،000 ރުފިޔާ އެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހެ އެވެ.

ތިން ކޮޓަރީގެ އެޕާޓްމެންޓުތައް ދޫކުރަން ހަމަޖެހިފައިވަނީ 9،500 ރުފިޔާއަށެވެ. އެތަންތަނުގެ މެއިންޓެނެންސް ފީގެ ގޮތުގައި 1،500 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު ސެކިއުރޓީ ޑެޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެ އެވެ.

ސޯޝަލް ހައުސިން ސްކީމްގެ ދަށުން ލިބޭ އެޕާޓްމަންޓްތައް ނުއަގުގައި ކުއްޔަށްދޫކުރާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެދޮރުވެރިޔާ ސްކީމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފޭސް 2 ގެ އާންމު ސަރަހައްދުތަކުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

އާންމު ސަރަހައްދުތަކުން އެފްޑީސީން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

37 ދުވަސް ކުރިން - 10:48

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

96 ދުވަސް ކުރިން - 15:12

ފަހި ދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ފަހިދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލްއިން ލިބޭނެ

124 ދުވަސް ކުރިން - 20:49

ފަހި ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފާރަތްތަކުގެ އިހުމާލުން ޖަންކްޝަން ބެދި ނަޖިސް ލީކުވަނީ

ކުނި-އެޅިގެން ފަހި ފްލެޓްތަކުގެ ޖަންކްޝަންތައް ބެދި ލީކުވަނީ

173 ދުވަސް ކުރިން - 13:41

އެފްޑީސީ ފްލެޓްތައް ކުއްޔަށް ދީފިނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު ދީފި

ކުއްޔަށްދޭނަމަ ޖޫރިމަނާކޮށް ފްލެޓް އަތުލާނަން: އެފްޑީސީ

185 ދުވަސް ކުރިން - 13:38

ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށްބުނެ ފައިސާ ނަގަނީ, ސަމާލުވޭ!

ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށްބުނެ ފައިސާ ނަގަނީ

189 ދުވަސް ކުރިން - 14:42