Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްގެއް: ރައީސް

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްގެއް: ރައީސް

މުހައްމަދު ޖަމްޝަތު
324 ދުވަސް ކުރިން - 10 އޮކްޓޫބަރު 2025 15:14
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގައި ތަގުރީރުކުރައްވަނީ. މިއަދަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް---ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގައި ތަގުރީރުކުރައްވަނީ. މިއަދަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ބައިނަލްއަގުވާމީ "މެންޓަލް ހެލްތް ޑޭ" ފާހަގަކުރަނީ އޮކްޓޯބަރު 10 އެއްގައި، މި އަހަރުގެ ޝިއާރަކީ ކާރިސާތަކުގެ ހާލަތުގައިވެސް މެންޓަލް ހެލްތް ރައްކާތެރިކުރުމުގެ މުހިއްމުކަން.

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްގެއް ކަމަށާއި، ނަފްސާނީ ދުޅަހެޔޮަކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބާގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރު ގުޅުވާފައިވަނީ ކާރިސާތަކުގެ ހާލަތްތަކުގައިވެސް ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމަށެވެ. އެކަން ފާހަގަކުރައްވަމުން ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިވަގުތަށްވެސް ކުރަން ޖެހޭ ކަމެއްކަމަށް ވިދާޅުވެފަ އެވެ. އަދި މިކަން ކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް، އެމަނިކުފާނު ގޮވާލެއްވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ، ފަރުދުންނާއި އާއިލާތަކުގެ އަދި ގައުމުގެވެސް ބިންގާކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި މިދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި ރައީސް ވިދާޅުވީ ހާއްސަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމާއި، ސިއްހީ ގޮތުން ކުރިމަތިވާ ހާލަތްތަކުގައިއާއި އިންސާނީ ކާރިސާތަކަށް އިޖާބަ ދިނުމުގައި ނަފްސާނީ އެހީތެރިކަން މުހިންމު ދައުރެއް އަދާ ކުރެވޭނެހެން ކަންކަން ބައްޓަން ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement 1

ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ރާއްޖެއިން ގައުމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ހާއްސަ ހެލްޕްލައިން 1677 އިފްތިތާހުކޮށް ހިދުމަތް މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ. މި ހެލްޕްލައިންގެ މައިގަނޑު އެއް މަގުސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައާއި، ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ފޯރުކޮށްދިނުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުނަފްސާނީ ބަލި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

16 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

16 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

16 ގަޑިއިރު ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

1 ދުވަސް ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ދުވަސް ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

2 ދުވަސް ކުރިން - 08:31