ޣައްޒާގެ ހަނގުރާމަ ނިމުނީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ކަމުގައި ވިޔަސް، އަދި ޙަމާސް އަށް އެކަމުގެ އިތުބާރެއް އެމެރިކާ އާއި އިސްރާއީލުގެ މެދުވެރިންގެ ފަރާތުން ދިންކަމުގައި ވިޔަސް، ކަނޑައަޅާފައިވާ ޝަރުޠުތަކާއި ތާރީޚަށް ގާތުން ބަލާއިރު، ޔަހޫދީންގެ އަނިޔާވެރިކަމާއި ޖަރީމާތައް ފަލަސްޠީނުގެ ބިމުގައި ދެނެއް ނުހިނގާނެ ކަމުގެ ހަމަ އެއްވެސް ގެރެންޓީއެއް ނެތެވެ.
ޓްރަމްޕުގެ ހުށަހެޅުމަށް ޙަމާސް އަށް އޮތީ އެއްބަސްވުމެވެ. ނުވަތަ ދެކޮޅުހެދުމެވެ. ޙަމާސް އިން ދެކޮޅު ހެދިނަމަ ދެން ޣައްޒާއަށް އަރާނީ އެމެރިކާގެ ސިފައިން ކަމަށް ބެލެވެއެވެ. އަދި ޔަހޫދީން ޙިމާޔަތް ކުރުމަށޭ ބުނެ ޣައްޒާ ބެލެހެއްޓުމުގައި ޔަހޫދީންނާއި ގުޅިގެން ސަފުތަކުގައި ހަތިޔާރާއި އެކު ތިބޭނީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ސިފައިންނެވެ.
ނަތަންޔާހޫ އާއި ޓްރަމްޕްގެ މި ހަނގުރާމަ ހުއްޓައިލުމުގެ ޕްލޭނުގެ ފަހަތުގައި ފޮރުވިފައިވަނީ ޣައްޒާގެ ބިމުގައި ބޮޑެތި ލަގްޒަރީ އެޕާޓްމަންޓުތަކާއި ޝޮޕިންގމޯލްތަކާއި ޓަވަރުތައް އަޅައި މުޅި ދުނިޔެއަށް އެ ބިން ހުޅުވައިލުމަށެވެ. މިއީ ސީދާ ޗައްކަރެކެވެ. ބޭނުމަކީ ޓްރަމްޕް ބޭނުންވާ އިޤްތިޞާދީ ފައިދާ ހޯދުމާއި ޔަހޫދީންނަށް މިނިވަންކަމާއެކު ފަލަސްޠީނުގައި ދިރިއުޅެވޭނެ ގޮތް ހެދުމަށެވެ. ވީއިރު، މިއީ ހަނގުރާމަ އަނެއްކާވެސް ފެށުން އެކަށީގެންވާ ކަމެކެވެ. ޙަމާސްގެ ހަތިޔާރުތައް ނައްތާލުމަށް އިސްރާއީލުން ޑިމާންޑް ކުރަނީވެސް ޔަހޫދީންގެ ސަލާމަތަށެވެ.
ޔަހޫދީންނަކަށް އިތުބާރުކުރާކަށް ހެޔޮނުވާނެއެވެ. ތާރީޚީ ޞަފްޙާތަކުން މުޅިން ވެސް ފެންނަނީ ޢަދާވާތްތެރިކަން ނިމުމަކަށް ގެނައުމަށް ޔަހޫދީންނާއި ދެމެދު ހަދާ އެއްބަސްވުންތައް އެމީހުން އަމިއްލަޔަށް ޚިލާފުވާތަނެވެ. ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް މީގެކުރިން ވި އެއްބަސްވުން ވެސް 960 ފަހަރު ޔަހޫދީން ޚިލާފުވިއެވެ. މި އަހަރުގެ ޖަނަވަރީ 19 ވަނަ ދުވަހު ތިން މަރުޙަލާއަކަށް ބަހައިލައިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ޙަމާސް އާއި އެކު އިސްރާއީލުން އައެވެ. ބާކީ ތިބި ހުރިހާ ރަހީނުން ދެވަނަ މަރުޙަލާގައި ދޫކޮށްލާނެ ކަމަށް އުންމީދުގައި ތިއްބާ، ދެވަނަ މަރުޙަލާގެ މަޝްވަރާތައް ޝެޑިއުލް ކުރުމަށްފަހު މާރޗް 18 ގައި އިސްރާއީލުން އަލުން ވައިގެ ހަމަލާތައް ފެށި ޝައިޠާނުންނަށް އިތުބާރުކުރާނީ މޮޔައިންނެވެ.
މި ހަނގުރާމަ އަކީ 2023 ގައި ފެށުނު ކަމެކޭ ބުނަނީ ވެސް ބަޔަކަށް ތަރީޚް އޮޅުވައިލުމަށެވެ. މިއީ އެތައް ޒަމާނެއްގެ ކަމަކެވެ. 2023 އޮކްޓޯބަރު 7 ގައި ޙަމާސް އިން އިސްރާއީލަށް ކުއްލި ޙަމަލާއެއް ދިނީ 1980 އިގެ އަހަރުތަކުން ފެށިގެން ފަލަސްޠީނުގެ މުސްލިމުންނަށް ޔަހޫދީން ދެމުން އައި އަނިޔާތަކަށް ކެތްނުވެގެންނެވެ. ކޮންމެ ފަހަރަކުވެސް އެއްބަސްވުމަކަށް އައިސް ކުޑަ މަޑުޖެހުމެއް އަޔަސް ދޭތެރެއަކުން އަނެއްކާވެސް ޙާދިސާއެއް ހިނގައެވެ. 2021 ވަނަ އަހަރުގެ މެއި މަހުގައި ވެސް ޙަމާސް އާއި އިސްރާއީލާއި ދެމެދު ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވިއެވެ. ނަމަވެސް މަހެއްހާ ދުވަހުގެ ތެރޭގައި އެތައް ފަހަރަކު ޔަހޫދީން އެމީހުންގެ އެއްބަސްވުމާއި ޚިލާފުވިއެވެ. އެއަށްފަހު ޖޫން 16 ގައި ޚާން ޔޫނިސް އަށް ވަރުގަދަ ޙަމަލާތަކެއް ދިންކަން ފާހަގަ ކުރެވެއެވެ.
ޔަހޫދީންގެ ވިހަ ގަދަ ހަރުފަ ލުބުނާނުންވެސް ނުފެނޭ ހެއްޔެވެ؟ އެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ނޮވެމްބަރު 26، 2024 ގައި ސޮއިކުރިތާ 60 ދުވަސް ނުވަނީސް ޔަހޫދީން އެއްބަސްވުމާއި ޚިލާފުވިއެވެ. މިކަހަލަ ކިތަންމެ މިސާލެއް ދެއްކިދާނެއެވެ.
އެހެންކަމުން ޣައްޒާ ހަނގުރާމަ އަލުން ފެށިދާނެ ކަމީ ޤަބޫލުކުރެވޭ ކަމެކެވެ. ފަހަރުގައި ފަލަސްޠީނުގެ އެހެން ހިސާބަކުންވެސް މިކަން އަލުން ފެށިދާނެއެވެ. ޓްރަމްޕުގެ 20 ނުކުތާއަށް ބަލައިލުމުންވެސް މި ހަނގުރާމަ ނިމި ދެން ޢަމަލުކުރާނެ ރަނގަޅު ރޯޑްމެޕެއް ދައްކާފައެއް ނުވެއެވެ. އަނެއްކޮޅުން ޙަމާސް އިން ބޭނުންވާ ހުރިހާ އެންމެން ޖަލުން ދޫކޮށްނުލާނެ ކަމަށް އިސްރާއީލުން އެ ދަނީ ބުނަމުންނެވެ. 2023 ގެ ކުރިން ހައްޔަރުކުރި އެކަކުވެސް ދޫނުކުރަން އިސްރާއީލުން އެހެރީ ހިފާފައެވެ. އަނެއްކޮޅުން ޙަމާސްއަކީ ދަތް ނެތް ބަޔަކަށް ހެދުމަށް ޓްރަމްޕަށް ނަތަންޔާހޫ ވިއްކި ކަމަށް ބެލެވޭ ޕްލޭނުގައި އެބަހުއްޓެވެ.
އެހެންކަމުން މި ހަނގުރާމަ ހުއްޓުނީއެކޭ ބުނެވޭކަށް ނެތެވެ. ބޮޑަށް ފެންނަނީ ދާއިމީ ޞުލްޙަ އަކަށް ވުރެ ބޮޑަށް މަޑުޖެހުމެއްގެ ގޮތުގައެވެ. ފަހަރުގައި ޓްރަމްޕް ބޭނުންވެގެން އުޅޭ ދުނިޔޭގެ ޞުލްޙައިގެ އިނާމު ހޯދުމަށް ހެދި ޑީލަކަށް ވުން ވެސް އެކަށީގެންވެއެވެ.
ކޮންމެޔަކަސް، ތާރީޚުން ދައްކާ ގޮތުގައި ޑީލެއް ހަދާއިރު އެއްފަރާތަކަށް ބަރުވެއްޖެނަމަ އަދި ޚާއްޞަކޮށް މަރުޙަލާތައް ލަސްވެއްޖެނަމަ ހަނގުރާމަ އަލުން ފެށެއެވެ. ޙަމާސް އިން ބޭނުންވާ ހުރިހާ އެންމެން ޔަހޫދީންގެ ޖަލުން މިނިވަން ކުރުމުގެ ބަދަލުގައި 2023 ގެ ފަހުން ހައްޔަރުކުރި 1700 މީހުން އަދި އުމުރަށް ޖަލަށްލާފައި ތިބި 250 މީހުން ދޫކޮށްލުމަށް ޓްރަމްޕާއި އިޒުރޭލުން ބުނުމާއި، ޙަމާސްގެ ހަތިޔާރުތައް ނައްތައިލުމަށް މަޖުބޫރު ކުރުވުމަކީ މި އެއްބަސްވުމަކީ އިތުރު ފިތުނައެއްގެ އޮށެއް އިންދުމެވެ.
އެހެންކަމުން ބަޔަކު މީހުން ޑާންސުކޮށް ނަށައި ހެވިފައި ތިއްބަސް، ނަސްލު ނައްތާލުމުގެ މި މައްސަލަ ދެނެއް ނުހިނގާނެ ކަމަށް ޤަބޫލުކުރެވޭނެ ހަމަ އެއްވެސް ހެއްކެއް އަދި ނެތެވެ. ޙަމާސް ފޮހެލިޔަސް، ޝައިޠާނީ ޔަހޫދީންގެ ނުބައިކަމުގެ ސަބަބުން ކެތް ނުވެގެން އެ މީހުންނާއި ދެކޮޅަށް ނުކުންނާނެ އެހެން ބަޔަކު އަދި އުފެދޭނެއެވެ.