މިފްކޯގެ ބޯޑަށް މަސްވެރިއަކު ހަމަޖައްސައިފި

އައިޝަތު ޝިފްނާ ހުސައިން | 9 ދުވަސް ކުރިން - 9 އޮކްޓޯބަރު 2025 19:39
މިފްކޯގެ މަސްފިހާރައެއް.---ފޮޓޯ: ދަޕްރެސް
މިފްކޯގެ މަސްފިހާރައެއް.---ފޮޓޯ: ދަޕްރެސް
ޚުލާސާ

މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލްކުރާނޭ ފަރާތްތައް ހޯދުމަށް މީގެ ކުރިން އިއުލާން ވެސް ކުރި

ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ޑިރެކްޓަރުންގެ ބޯޑަށް މަސްވެރިއަކު ހަމަޖައްސައިފި އެވެ.

މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް އެ ކުންފުނީގެ ބޯޑަށް މަސްވެރިންގެ ތެރެއިން މީހުން އައްޔަން ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލްކުރާނޭ ފަރާތްތައް ހޯދުމަށް މީގެ ކުރިން އިއުލާން ވެސް ކުރި އެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ހާމަކުރި ގޮތުގައި މަސްވެރިންގެ ތެރެއިން މިފްކޯގެ ބޯޑަށް ހަމަޖައްސާފައި ވަނީ ރީޝަމް މުހައްމަދު ޝަރީފް، ރިހިވެލި، ގދ.ތިނަދޫ އެވެ.

ރީޝަމްއާ އެކު މިފްކޯގެ ބޯޑުގައި މިހާރު ތިއްބަވަނީ ހަ ޑިރެކްޓަރުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%