ޣައްޒާއަށް އިންސާނީ އެހީތައް ވެއްދުން މެދުކެނޑިފައި އޮތުމަށްފަހު، މިޞްރުން ރަފާގެ ބޯޑަރު ހުރަސްކޮށް އެހީތައް ވައްދަން ފަށައިފިއެވެ. ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތަކާއި އެކު ޚަަބަރުތައް ބުނާ ގޮތުގައި ގާތްގަނޑަކަށް 510 ޓްރަކް އިއްޔެ ޣައްޒާއަށް ވެއްދިއެވެ.

ޣައްޒާ އަށް އެހީގެ ޓުރަކުތައް ވައްދަނީ / ފޮޓޯ: އިސްރާއީލް މީޑިއާ
ޣައްޒާ ރައްޔިތުންނަށް މިހާރުވެސް ދުވާލަކު މަދުވެގެން 600 އެހީގެ ޓްރަކް ވައްދަން ޖެހޭ ކަމަށް އދ. އިން ބުނެއެވެ. ނަމަވެސް، ޚަބަރުތައް ބުނާ ގޮތުގައި އިސްރާއީލާއި ޙަމާސް އާއި އެކު ވެފައިވާ މަޝްވަރާތަކުގައި މިވަގުތަށް އިސްރާއީލުން އެއްބަސްވެފައި ވަނީ އެހީގެ ސާމާނު ޓުރަކުތައް ވެއްދުން އިތުރުކުރާނީ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގައި ސޮއިކުރާތާ ހައެއްކަ ދުވަސް ފަހުންނެވެ.









