އެކްސިޑެންޓް ވުމުން ރިޕޯޓު ނުކޮށް ފިލި މީހާ ހައްޔަރުން ދޫކޮށްލައި ސަސްޕެންޑަށް!

އައިޝަތު ޝިފްނާ ހުސައިން | 52 ދުވަސް ކުރިން - 9 އޮކްޓޯބަރު 2025 18:01
ފުލުހުން މަގުމަތީގައި ހަރަކާތްރެރިވަނީ.---ފޮޓޯ:ޓީއެމްޖޭ
ފުލުހުން މަގުމަތީގައި ހަރަކާތްރެރިވަނީ.---ފޮޓޯ:ޓީއެމްޖޭ
ޚުލާސާ

އޭނާ ހައްޔަރުކޮށް ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކޯޓުން އިއްޔެ ވަނީ ޝަރުތު ކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލާފަ

ކާރުން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވުމުން އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްދިނުމަށް ފަހު އެކްސިޑެންޓް ރިޕޯޓު ނުކޮށް ދިޔަ ފުލުހަކު ހައްޔަރުކުރުމުން ކޯޓުން އެ މީހާ ދޫކޮށްލައިފި އެވެ. 

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ ފުލުހުންގެ ވަޒީފާގައި އުޅޭ މީހެކެވެ.

އޭނާ ހައްޔަރުކޮށް ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކޯޓުން އިއްޔެ ވަނީ ޝަރުތު ކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލާފަ އެވެ.

މި މައްސަލައިގައި ފުލުހުން ކޯޓުގައި ބުނެފައިވަނީ މީނާގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކުން އެކްސިޑެންޓެއް ހިނގައި، އަނިޔާވި ފަރާތް ކޯޓަށް ގެންދިއުމަށްފަހު ކާރު ދުއްވި މީހާ ފުލުހުންނަށް އެކަން ރިޕޯޓު ނުކޮށް ފިލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާރު އެ މީހާ ވަނީ ސަސްޕެންޑު ކޮށްފައި ކަަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%