Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްކޭމް މައްސަލަތަކުގައި ގެއްލުނު 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

ސްކޭމް މައްސަލަތަކުގައި ގެއްލުނު 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
334 ދުވަސް ކުރިން - 9 އޮކްޓޫބަރު 2025 15:21
ޝަހީދު ހުސައިން އާދަމް ބިލްޑިން. ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ--- ފޮޓޯ: އިންޓަނެޓް
ޝަހީދު ހުސައިން އާދަމް ބިލްޑިން. ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވާ މަންސަތަކަކީ ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިން މަންސަތައް، ފިޝިން ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސް

ފާއިތުވި ހަފްތާގައި ފުލުހުންނަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފި އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލަތަކުގައި ޖުމްލަ 318،342.50 ރުފިޔާ ގެއްލިފައިވާއިރު، މި ފައިސާގެ ތެރެއިން ޖުމްލަ 221،243.33 ރުފިޔާ ވަނީ އަނބުރާ ހޯދައިފަ އެވެ.

Advertisement

Advertisement 1

ފުލުހުން ނެރެފައިވާ ތަފާސްހިސާބު--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

މި މުއްދަތުގައި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، ސްކޭމްގެ އެންމެ ގިނައިން ހުށަހެޅިފައިވަނީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތައް ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން މިފަދަ 19 މައްސަލައެއް ހުށަހެޅިފައިވާއިރު، ދެން އެންމެ ގިނައިން ހިމެނެނީ ކަރަންސީ އެކްސްޗޭންޖުގެ މައްސަލަތަކެވެ. ކަރަންސީ އެކްސްޗޭންޖުގެ ހަ މައްސަލައެއް ހުށަހެޅިފައިވާއިރު، މި މުއްދަތުގައި އިމްޕަސޮނޭޝަންގެ ހަތް މައްސަލަ ހުށަހެޅިފައިވެ އެވެ. އަދި ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ ތިން މައްސަލައަކާއި އެހެނިހެން ހަތް މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި، އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ސްކޭމް ސެންޓަރުން މައުލޫމާތު ދެއެވެ. އަދި ސްކޭމަރުން ކާމިޔާބު ވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުންކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ reportscam@police.gov.mv އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

11 ގަޑިއިރު ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

16 ގަޑިއިރު ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

16 ގަޑިއިރު ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

17 ގަޑިއިރު ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

2 ދުވަސް ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

2 ދުވަސް ކުރިން - 13:20