މި މަހު ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިމޭނެ ކަމަށް ބީއެމްއެލްއިން ބުނެފި

އައިޝަތު ޝިފްނާ ހުސައިން | 9 ދުވަސް ކުރިން - 9 އޮކްޓޯބަރު 2025 13:48
ރައީސް މުއިއްޒު، މަންދޫގައި އޭޓީއެމް ހުޅުވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު، މަންދޫގައި އޭޓީއެމް ހުޅުވަނީ.---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިހާތަނަށް ބީއެމްއެލްއިން ވަނީ ރާއްޖޭގެ 17 އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ނިންމާފަ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި މަހު އޭޓީއެމް މެޝިން ބަހައްޓާ ނިމޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ ހާމަކޮށްފި އެވެ.

އދ. މަންދޫގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓްޖީ މުހައްމަދު ސައީދު ބުނީ، މި އަހަރުގެ އަށް މަސް ދުވަސް ތެރޭ 95 ރަށުގައި އޭޓީއެމް ބަހައްޓާ ނިމިފައިވާ ކަމަށެވެ. އަދި، އޭޓީއެމް ނުބެހެއްޓި ހުރީ 10 ރަށުގައި ކަމަށާއި އެ ރަށްތަކުގައި ކުރިއަށް އޮތް 20 ދުވަސް ތެރޭ އޭޓީއެމް ބަހައްޓާ ނިންމާލެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މިހާތަނަށް ބީއެމްއެލްއިން ވަނީ ރާއްޖޭގެ 17 އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ނިންމާފަ އެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނުނިމޭ އަތޮޅުތަކަކީ ޅ އަދި ލ އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އެވެ.

ސަރުކާރުގެ އަމާޒަކީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ބެލުމެއްނެތި ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%