ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި 14،790 މީހުން, އަންހެނުންނަށްވުރެ ފިރިހެނުންގެ އަދަދު އިތުރު

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 9 ދުވަސް ކުރިން - 9 އޮކްޓޯބަރު 2025 11:45
އެންސްޕާ އޮފީސް. ނުކުޅެދުންތެރކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި 6،193 އަންހެނުން ރަޖިސްޓްރީވެފައިވާއިރު، 8،597 ފިރިހެނުން މި ދަފްތަރުގައި ރަޖިސްޓްރީވެފައިވޭ--- ފޮޓޯ: އިންޓަނެޓް
އެންސްޕާ އޮފީސް. ނުކުޅެދުންތެރކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި 6،193 އަންހެނުން ރަޖިސްޓްރީވެފައިވާއިރު، 8،597 ފިރިހެނުން މި ދަފްތަރުގައި ރަޖިސްޓްރީވެފައިވޭ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އަންހެނުންނަށްވުރެ ފިރިހެނުންގެ އަދަދު ނިސްބަތުން އިތުރު

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި 14،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ޖުމުލަ 14،790 ފަރާތަކުން ވަނީ ރަޖިސްޓްރީވެފަ އެވެ.

ނުކުޅެދުންތެރކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި 6،193 އަންހެނުން ރަޖިސްޓްރީވެފައިވާއިރު، 8،597 ފިރިހެނުން މި ދަފްތަރުގައި ރަޖިސްޓްރީވެފައިވެ އެވެ. އެހެންކަމުން ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށްވުރެ ފިރިހެނުންގެ އަދަދު ނިސްބަތުން އިތުރުކަން އެންސްޕާގެ ތަފާސްހިސާބުތަކުން ހާމަވެގެންދެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ނުކުޅެދުންތެރިކަމުގެ ގިންތިތައް:

  1. މަލްޓިޕަލް ޑިސްއެބިލިޓީ: 3،332 މީހުން
  2. ވިސްނުން އަދި ސިކުނޑީގެ ނުކުޅެދުންތެރިކަން: 1،879 މީހުން
  3. ނަފްސާނީ ނުކުޅެދުންތެރިކަން: 1،959 މީހުން
  4. އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން: 1،765 މީހުން
  5. ފެނުމުގެ ނުކުޅެދުންތެރިކަން: 1،014 މީހުން
  6. އޯޓިޒަމް: 587 މީހުން
  7. އުނގެނުމުގެ ނުކުޅެދުންތެރިކަން: 56 މީހުން
  8. ޖިސްމާނީ ނުކުޅެދުންތެރިކަން: 4،198 މީހުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އުމުރުފުރާތަކަށް ބަލާލާއިރު. 18 އަހަރުން ދަށުގެ 4،959 ކުދިން މި ދަފްތަރުގައި ރަޖިސްޓްރީވެފައިވެ އެވެ. 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،526 މީހުން މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާއިރު، 65 އަހަރުން މަތީގެ ޖުމުލަ 2،305 މީހުން މި ދަފްތަރުގައި ވަނީ ރަޖިސްޓްރީވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%