މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދާފައިވާ މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 9 ދުވަސް ކުރިން - 9 އޮކްޓޯބަރު 2025 09:48
މީހަކު ރަހީނުކޮށް ބިރުދައްކައި މާރާމާރީ ހިންގައި ފައިސާ ހޯދި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
މީހަކު ރަހީނުކޮށް ބިރުދައްކައި މާރާމާރީ ހިންގައި ފައިސާ ހޯދި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު އާންމުކުރުމަށް ފަހު ފުލުހުން ބުނީ، މީހަކު ރަހީނުކުރުމަށް ފަހު ބިރުދައްކައިގެން ފައިސާ ހޯދާފައިވާ ކަމަށް

ބަޔަކު މީހުން ވެގެން މީހަކު ރަހީނުކުރުމަށް ފަހު، ތޫނު ހަތިޔާރު ބޭނުންކޮށްގެން އެ މީހާއަށް ބިރުދައްކައިގެން ފައިސާތަކެއް ހޯދާފައިވާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކުރުމަށް ފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި، އެ މީހާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށް ފަހު އިތުރަށް ފައިސާ ހޯދަން އުޅުނު މައްސަލައާ ގުޅިގެން ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުހައްމަދު ޟަމީރު (29އ) އާއި ގދ. ނަޑެއްލާ / ހިތަށްފިނިވާގެ، ޝަހުމީން ރަޝީދު (27އ) ހައްޔަރުކޮށްފައިވާ ކަަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިމައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަހުމީން ރަޝީދު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އަދި މުހައްމަދު ޟަމީރު 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ވަނީ ކޯޓުން އަމުރު ކޮށްފަ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%