ލަމްހާ ބަންދު ކުރަން ކޯޓުން އަނެއްކާވެސް ދެކޮޅު ހަދައިފި

އައިޝަތު ޝިފްނާ ހުސައިން | 10 ދުވަސް ކުރިން - 8 އޮކްޓޯބަރު 2025 21:09
ލަމްހާ، ޝަރީއަތުގެ މަޖިލީހުގައި.---ފޮޓޯ: ކްރިމިނަލް ކޯޓު
ލަމްހާ، ޝަރީއަތުގެ މަޖިލީހުގައި.---ފޮޓޯ: ކްރިމިނަލް ކޯޓު
ޚުލާސާ

ލަމްހާ ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023 ގައި

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބަންދު ކުރަން އަނެއްކާވެސް ކްރިމިނަލް ކޯޓުން ދެކޮޅު ހަދައިފި އެވެ.

މޭރީގެ މަރާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ދޫކޮށްލުމުން، މަތީ މަރުހަލާގެ ކޯޓަށް ގޮސްގެން ދައުލަތުން އޭނާ އަލުން ބަންދު ކުރި އެވެ. ލަމްހާ ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023 އެވެ. އެ ފަހަރު ވެސް ދައުލަތުން މައްސަލަ އިސްތިއުނާފުކުރި އެވެ. އޭގެ ފަހުން ވެސް ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓަށް ދިޔަ އެވެ.

ލަމްހާގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ މިހާރު ބަންދުން ދޫކޮށްލާފައިހުރި ލަމްހާ، އަލުން ބަންދުކުރުމާމެދު ގޮތެއް ނިންމޭނީ އޭނާގެ ފުށުން މުޖުތަމައުއަށް އޮތް ނުރައްކާ ބެލުމަށް އެސެސްމަންޓެއް ހެދުމަށް ފަހު ކަމަށެވެ. އެ އެސެސްމަންޓް ހަދަން ދައުލަތަށް އަންގާފައި ވިޔަސް، މިއަދާ ހަމައަށް ވެސް އެކަން ކޮށްފައިނުވާކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

ލަމްހާ އަލުން ބަންދު ކުރުމަށް ބޭނުންވާ އެސެސްމެންޓާ ގުޅޭ ގޮތުން ދައުލަތުން ބުނީ، އެ އެސެސްމަންޓް ހަދާފައި ނުވަނީ ބަންދުކޮށްދޭން އެދޭ ހާލަތުގައި އެފަދަ އެސެސްމަންޓެއް ހެދުމަށް ވަކި އިންތިޒާމުތަކެއް ނުވަތަ އުސޫލުތަކެއް ހަމަޖެހިފައި ނެތުމުން ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ާސ

10 ދުވަސް ކުރިން - 21:18

އެޅައި ދޫކޮއްލާ އޭރުން އެވީ