Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް މަހާޒު އައްޔަނުކުރުމަށް ރުހުން ނުލިބުނު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
382 ދުވަސް ކުރިން - 8 އޮކްޓޫބަރު 2025 17:33
މަހާޒު އަލީ ޒާހިރު. ވޯޓުގައި ބައިވެރިވި 46 މެމްބަރުންގެ ތެރެއިން 41 މެމްބަރަކު އޭނާ އެ މަގާމަށް އައްޔަނުކުރުމަށް ނުފެންނަ ކަމަށް ވަނީ ވޯޓު ދެއްވައިފަ--- ފޮޓޯ: އިންޓަނެޓް

ޚުލާސާ

ވޯތުގައި ބައިވެރިވި މެޖޯރިޓީ މެމްބަރުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މަހާޒު އައްޔަނުކުރެއްވުމާ ދެކޮޅު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މަހާޒު އަލީ ޒާހިރު އައްޔަނުކުރުމަށް ނުފެންނަ ކަމަށް ރަައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މަހާޒު އަލީ ޒާހިރު އައްޔަނުކުރުމަށް ރަައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން މިއަދު ނެގުނު ވޯޓުގައި ބައިވެރިވި 46 މެމްބަރުންގެ ތެރެއިން 41 މެމްބަރަކު އޭނާ އެ މަގާމަށް އައްޔަނުކުރުމަށް ނުފެންނަ ކަމަށް ވަނީ ވޯޓު ދެއްވައިފަ އެވެ. އެ މަގާމަށް މަހާޒު އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަނުކުރެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތް ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވެވީ މި މަހުގެ ދެވަނަ ދުވަހު އެވެ. ރައީސް މުއިއްޒު ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވައިފަ އެވެ.

Advertisement

Advertisement 1

ރައީސް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް މަހާޒު އަލީ ޒާހިރުގެ ނަމެވެ. ދެވަނަ އަށް އޮތީ ރ. ހުޅުދުއްފާރު، ރޯޒްވިލާ، އާޝިޔާ އަޒީމާގެ ނަމެވެ.

ރައީސް ފޮނުއްވި ލިސްޓުގައި ދެން ހިމެނެނީ:

  1. އިބްރާހިމް އަފީފު- ގުލްބަހާރުގެ/ ބ. ތުޅާދޫ
  2. ޝިފާޒް އަލީ- ދަފްތަރު ނަމްބަރު (12504)
  3. ފާތިމަތު ނައުޝާން- ޅ. ނައިފަރު، ފިޔާތޮށިގެ
  4. އަހުމަދު ޔާމީން- ބީޗްކޯނަރު، ގދ. ގައްދޫ
  5. ޝައުފާ އިބްރާހިމް- އަކިރިވިލާ، ދ. މީދޫ

މަހާޒް އަލީ ޒާހިރު އަކީ ސުލޫކީ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި މީހެކެވެ.

މަހާޒްރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

ގުޅުން ހުރި ޚަބަރުތައް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

19 ދުވަސް ކުރިން - 13:22

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

21 ދުވަސް ކުރިން - 10:37

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާނޫނު ހަދާ މަޖިލީހުގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

32 ދުވަސް ކުރިން - 14:44

ސީޕީސީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރައިފި

40 ދުވަސް ކުރިން - 10:47

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

59 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

59 ދުވަސް ކުރިން - 14:10

0 ރިއެކްޝަންސް / 0 ކޮމެންޓް

0%