ރާއްޖޭގެ ރައީސަކު އދ. ކުނބުރުދުއަށް ވަޑައިނުގަންނަވާތާ 16 އަހަރު ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށަށް ވަޑައިގެންފި އެވެ.
ރައީސް އެ ރަށަށް ވަޑައިގެންނެވީ އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެވެ.
އެ ރަށަށް ރައީސް ވަޑައިގަތުމާއި ގުޅިގެން ކުނބުރުދޫގެ ހެލްތު ސެންޓަރުގެ ބިންގާ އެޅި އެވެ. އަދި ރައީސް ވަޑައިގަންނަވާ އެހެން ހުރިހާ ރަށެކޭ އެއްފަދައިން އެ ރަށުގައި ވެސް އޭޓީއެމް ވަނީ ހުޅުވައިދީފައި އެވެ.
މީގެ އިތުރުން އެ ރަށުގެ ޕޮލިސް ޕޯސްޓުގެ ބިންގާ އަޅުއްވައިދެއްވައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް އަޅުއްވައިދެއްވި އެވެ.
އަދި ކުނބުރުދޫގެ ފުޓުބޯޅަ ދަނޑު ހުޅުވައިދެއްވައި، އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން މަޝްވަރާ ކުރައްވައިފިައި އެވެ. ހަމަ އެއާއެކު އެ ރަށުގެ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ މި ދަތުރުފުޅުގައި އެމްޓީސީސީއާއި ހަވާލުކުރައްވައިފައި އެވެ.









