އދ. ކުނބުރުދޫ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެވެ.
މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައީދު އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ.އިސްމާއިލް ޝަފީއު އެވެ.
މި މަޝްރޫއަކީ 22.63 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭގައި ނިންމައި ހަވާލު ކުރުމަަށް އެމްޓީސީސީ އާ ހަވާލު ކުރި މަޝްރޫއެކެވެ. އަދި މަޝްރޫއުގެ ދަށުން 9500 އަކަ ފޫޓުގެ ސަރަހައްދެއްގައި ތިން ފަންގިފިލާއަކަށް އިމާރާތް ބިނާ ކުރެވިގެންދާނެ އެވެ.









