މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 10 ދުވަސް ކުރިން - 8 އޮކްޓޯބަރު 2025 12:00
ޝަހީދު ހުސައިން އާދަމް ބިލްޑިން. ކޯޓު އަމުރެއްގެ ދަށުން އެޕާޓްމެންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި އެ އެޕާޓްމެންޓުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ--- ފޮޓޯ: އިންޓަނެޓް
ޝަހީދު ހުސައިން އާދަމް ބިލްޑިން. ކޯޓު އަމުރެއްގެ ދަށުން އެޕާޓްމެންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި އެ އެޕާޓްމެންޓުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައި ނުވޭ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެޕާޓްމެންޓެއް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތި އެ އެޕާޓްމެންޓުން ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް ހައްޔަރުކުރި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެ މީހުންގެ އަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއްވެސް ފުލުހުން ސާފުކޮށްދީފައެއް ނުވެ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%