Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިވެހިރާއްޖެއަށް ކޮރަޕްޝަން ތައާރަފްކުރީ އެމްޑީޕީން: ޝާހިދު

ދިވެހިރާއްޖެއަށް ކޮރަޕްޝަން ތައާރަފްކުރީ އެމްޑީޕީން: ޝާހިދު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
325 ދުވަސް ކުރިން - 8 އޮކްޓޫބަރު 2025 11:18
ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު. ރައްޔިތުންނަށް ހަމަހަމަކަމާއި، އިންސާފާއި އަދި އަދުލުވެރިކަން ގެނެސްދޭނެ ކަމަށް ބުނެ ގައުމު ފަސާދަކޮށް ކޮރަޕްޝަން ހިންގީ އެމްޑީޕީން ކަމަށް މެމްބަރު ޝާހިދު ވިދާޅުވި--- ފޮޓޯ: އިންޓަނެޓް
ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު. ރައްޔިތުންނަށް ހަމަހަމަކަމާއި، އިންސާފާއި އަދި އަދުލުވެރިކަން ގެނެސްދޭނެ ކަމަށް ބުނެ ގައުމު ފަސާދަކޮށް ކޮރަޕްޝަން ހިންގީ އެމްޑީޕީން ކަމަށް މެމްބަރު ޝާހިދު ވިދާޅުވި--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

ރާއްޖޭގެ ފަޅުތަކާއި، ރަށްތަކާއި ގިރިތައް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބޭރުގެ ގައުމުތަކަށާއި، ގާތްތިމާގެ މީހުންނަށާއި، އަދި ޕާޓީގެ އިސް މީހުންނަށް ދިނީ އެމްޑީޕީން ކަމަށް ޝާހިދު ވިދާޅުވި

ދިވެހިރާއްޖެއަށް ކޮރަޕްޝަން ތައާރަފްކުރީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝާހިދު މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މެމްބަރު ޝާހިދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ތެރޭގައި ރައްޔިތުންނަށް އޮޅޭގޮތަށް ކޮރަޕްޝަނާ ފަސާދައާ ވައްކަމުގެ ވާހަކަ ބަޔަކު މީހުން ދައްކާ ކަމަށާއި، ވަކިން ހާއްސަކޮށް މިފަދަ ކަންކަން ކުރަން ބޭނުންވާ ފަރާތްތަކުން އެކަންކަމުގެ ވާހަކަ ފަތުރާ ކަމަށެވެ.

ދިވެހިންނަކީ މީގެކުރިން ވަރަށް ހަމަޖެހިގެން ކޮރަޕްޝަން އެއްގޮތަކަށްވެސް ނެތި، ދިރިއުޅެމުން އައި ބައެއް ނަމަވެސް، ރާއްޖެއަށް މިހާރު ދިމާވެފައިވާ މައްސަލަތައް ދިމާވުމަށް މެދުވެރިވި ސަބަބަކީ، ކޮރަޕްޝަނުގެ ވާހަކަ ދައްކާ ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެންނަން އިސްލާހީ ހަރަކާތުގެ ނަމުގައި ދޮގު ވާހަކަތައް ރައްޔިތުންގެ ތެރޭގައި ފަތުރާލުން ކަމަށް މެމްބަރު ޝާހިދު ވިދާޅުވި އެވެ.

Advertisement

Advertisement 1
"ކޮރަޕްޝަނުގެ ވާހަކަވެސް މި އަންނަނީ މި ހިސާބުންނޭ. ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގައި ރަނުން ހައްދަވައިފަ ހުރި ތައްޓެކޭ، މި ވެސް ކޮރަޕްޝަނޭ އިނގޭތޯ. މި ވާހަކަ ދެއްކުމަކީ ވެސް ކޮރަޕްޝަން. ކޮރަޕްޝަނަކީ ކޮންމެހެން އަޅުގަނޑުމެންނަށް ހީވެފައި މި އޮންނަނީ ކޮރަޕްޝަނަކީ ތަނެއްގައި ހުރި ފައިސާ ނަގައިގެން ފިލައިގެން ދިޔައިމަ އެއީ ކަމަށް. މިކަަހަލަ ވާހަކަދައްކާ، ރައްޔިތުންގެ މެދުގައި އޮޅޭގޮތަށް ރައްޔިތުން ނުބައި މިސްރާބަކަށް ގެންދާ ވާހަކައަކީވެސް ކޮރަޕްޝަން." މެމްބަރު ޝާހިދު ވިދާޅުވި އެވެ.

ކޮރަޕްޝަން ވަރަށް ގިނަ ގޮތްގޮތަށް މާނަކުރަންޖެހޭ ކަމަށާއި، ރައްޔިތުންނަށް ހަމަހަމަކަމާއި، އިންސާފާއި އަދި އަދުލުވެރިކަން ގެނެސްދޭނެ ކަމަށް ބުނެ ގައުމު ފަސާދަކޮށް ކޮރަޕްޝަން ހިންގީ އެމްޑީޕީން ކަމަށް މެމްބަރު ޝާހިދު ވިދާޅުވި އެވެ. ރައްޔިތުންނަށް ހެޔޮލަފާ ރަނގަޅު ވެރިކަމެއް ކުރަން އެއްވެސް ބޭފުޅަކަށް ފުރުސަތު ނުދީގެން އުޅެނީ އެމްޑީޕީން ކަމަށް ވިދޅުވެ މެމްބަރު ޝާހިދު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކޮރަޕްޝަން ހިންގުމަށް ފަހު ކޮރަޕްޝަނަކީ ކޮބައިކަން ރައްޔިތުންނަށް ދަސްކޮށްދިނީ އިސްލާހީ ހަރަކާތުގެ ތެރެއިން އެމްޑީޕީން ކަމަށް މެމްބަރު ޝާހިދު ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

3 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

5 ދުވަސް ކުރިން - 07:43