Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަތަންޔާހޫ މަރައިލުމަށް އިސްރާއީލު މީހުން ވެސް ތިބީ ފެންބޮވައިގެންފަ

ނަތަންޔާހޫ މަރައިލުމަށް އިސްރާއީލު މީހުން ވެސް ތިބީ ފެންބޮވައިގެންފަ

ޢަބްދުﷲ ޖުނައިދު
336 ދުވަސް ކުރިން - 8 އޮކްޓޫބަރު 2025 10:12
ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އޭނާ މަރައިލުމަށް އިސްރާއީލު ރައްޔިތުން ވަނީ ތިންފަހަރެއްގެމަތިން މަސައްކަތް ކޮށްފަ
ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އޭނާ މަރައިލުމަށް އިސްރާއީލު ރައްޔިތުން ވަނީ ތިންފަހަރެއްގެމަތިން މަސައްކަތް ކޮށްފަ
ޚުލާސާ

ނަތަންޔާހޫ މަރައިލުމަށް އެންމެ ބޮޑަށް މަސައްކުރަނީ އޭނާގެ އަމިއްލަ ރައްޔިތުން. އިސްރާއީލު މީހުން ތިންފަހަރުމަތިން އޭނާ މަރައިލާން އުޅުނު. ހިޒްބުاللهއިން މަސައްކަތްކުރީ އެންމެ ފަހަރަކު.

އިސްރާއީލުގެ ޒައެނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރައިލުމަށްޓަކައި އޭނާގެ ރައްޔިތުން ފާއިތުވި ދެއަހަރުތެރޭ މަދުވެގެން ހަތަރު ފަހަރު މަސައްކަތް ކޮށްފައިވާ ކަމަށް އިސްރާއީލާއި ޙަވާލާދީ ރިޕޯޓްތައް ބުނެފިއެވެ.

މެދުއިރުމައްޗަށް އަތްގަދަކުރުމަށް މަސައްކަތްކުރާ ހައްދުފަހަނައެޅި ޓެރަރިސްޓް ނަތަންޔާހޫ މަރައިލުމަށް ދިން ހަތަރު ޙަމަލާ ވެސް ދީފައިވަނީ މިދިޔަ އަހަރާއި މިއަހަރުގައެވެ. އެއީ އިސްރާއީލުގެ އެތެރޭގައި ދިރިއުޅޭ އޭނާގެ ރައްޔިތުންނާއި އަދި އަވަށްޓެރި ޤައުމުތަކުންނެވެ.

މީގެތެރެއިން ތިންޙަމަލާ އަކީ އިސްރާއީލު ރައްޔިތުން ދޭން އުޅުނު ޙަމަލާތަކެވެވެ. އެހެންކަމުން ނަތަންޔާހޫ މަރައިލުމަށް މުސްލިމު ޤައުމުތަކަށް ވުރެ ބޮޑަށް އޭނާގެ ރައްޔިތުން މަސައްކަތްކޮށްފައިވާކަން އެނގެއެވެ.

Advertisement

Advertisement 1

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުގެ ރައްޔިތުން ނަތަންޔާހޫ މަރައިލަން އެންމެ ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގައެވެ. އެ ފަހަރު އިސްރާއީލް ސިފައިން ވަނީ އެ ޤައުމުގެ އުމުރުން 70 އަހަރުގެ މީހަކު ހައްޔަރުކޮށް ޖަލަށް ލާފައެވެ. އޭގެ ތަފްޞީލެއް އިސްރާއީލަކުން ހާމައެއް ނުކުރެއެވެ. އިސްރާއީލަކީ އަބަސުވެސް އެ ޤައުމުގެ އެތެރޭގެ ހަމަނުޖެހުންތައް ސިއްރުކުރާ ޤައުމެކެވެ.

ހުސްވި ސެޕްޓެންބަރު މަހުވެސް ނަތަންޔާހޫ މަރައިލުމަށްޓަކައި އިސްރާއީލުގެ މީހަކު މަސައްކަތް ކުރިއެވެ. ތިން ވަޒަން ބޭނުންކޮށްގެން ނަތަންޔާހޫ މަރައިލާން އޭނާ ޕްލޭން ކޮށްފައި ވާއިރު އިސްރާއީލް ފުލުހުން ވަނީ އޭނާ ވެސް ހައްޔަރުކޮށްފައެވެ.

ތިންވަނަ ޙާދިސާ އަކީ މިދިޔަ އަހަރު އީރާނުގެ މަދަދު ލިބޭ ހިޒްބުاللهއިން ދިން ޙަމަލާއެވެ. އޮކްޓޯބަރ 2024ގައި ލުބުނާނުގެ ޖަމާޢަތުން ނަތަންޔާހޫ ދިރިއުޅޭ ގެއަށް ޑްރޯނުން ޙަމަލާދިންއިރު، އޭނާގެ ނަސީބު ރަނގަޅުކަމުން އެވަގުތު އޭނާ ހުރީ ގެއިން ބޭރުގައެވެ.

ނަތަންޔާހޫ މަރައިލުމަށް މަސައްކަތްކުރި ހަތަރުވަނަ ފަހަރަކީ އީރާނުން ފައިސާ ދީގެން އިސްރާއީލު މީހަކު ލައްވައި ދޭން އުޅުނު ޙަމަލާއެކެވެ. އިސްރާއީލް ފުލުހުން ބުނެފައި ވަނީ ނަތަންޔާހޫ މަރައިލުމަށް އީރާނުން ބުނެގެން އިސްރާއީލުގެ މީހަކު ދޭން އުޅުނު ޙަމަލާ އިސްރާއީލުގެ ޖާސޫސީ އިދާރާއިން ފެއިލް ކޮށްލީއެވެ. އަދި އެ މައްސަލައިގައި އުމުރުން 73 އަހަރުގެ އިސްރާއީލުގެ ރައްޔިތެއް ޖަލަށްލާފައިވާ ކަމަށާއި، އޭނާ އަކީ އީރާނުން ރެކްރޫޓް ކޮށްފައިވާ މީހެކެވެ.

ކޮންމެޔަކަސް މި ހަތަރު ޙާދިސާއަށް ބަލައިލުމުން ވެސް އެނގެނީ ނަތަންޔާހޫ އަކީ ޔަހޫދީންނަށް ވެސް ހުރި ބޮޑު ނުރައްކަލެއްކަމެވެ.

އިސްރާއީލްހިޒްބުاللهއީރާންމަރުނަތަންޔާހޫދުނިޔެބޭރު ދުނިޔެ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

5 ގަޑިއިރު ކުރިން - 12:02

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

1 ދުވަސް ކުރިން - 19:37

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

އަންނަ ސެޕްޓެމްބަރު 15 އިން ފެށިގެން ތައިލޭންޑުގައި ވިސާއާ ނުލައި ދިވެހިންނަށް 30 ދުވަހު ތިބެވޭނެ

ތައިލޭންޑުގައި ވިސާއާ ނުލައި ދިވެހިންނަށް 30 ދުވަހު ތިބެވޭގޮތް ހަދައިފި

6 ދުވަސް ކުރިން - 12:52