ބޮޑުތަކުރުފާނު މަގުގެ ކީ ވޯލް މަސައްކަތުގެ %50 ނިންމާލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 11 ދުވަސް ކުރިން - 7 އޮކްޓޯބަރު 2025 20:30
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން. ބޮޑުތަކުރުފާނު މަގުގެ މަޝްރޫއު ނިމިގެން ދިއުމާއެކު މަގުމަތީގެ ރައްކާތެރިކަން އިތުރުވެގެންދާނެ--- ފޮޓޯ: އިންޓަނެޓް
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން. ބޮޑުތަކުރުފާނު މަގުގެ މަޝްރޫއު ނިމިގެން ދިއުމާއެކު މަގުމަތީގެ ރައްކާތެރިކަން އިތުރުވެގެންދާނެ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ، ފުރުތަމަ ސެގެމަންޓުގެ ކީ ވޯލް މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ.

މި މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ފެން ބޭރުކުރާ ހޮޅި އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ޕަންޕިން ސްޓޭޝަން ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. މި މަސައްކަތް ނިމުމާއެކު އެ މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ.

މި މަޝްރޫއުގެ ސަބަބުން، މާލެ ސިޓީގައި، ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ޒަމާނީ މަގުތަކެއް ތަރައްގީ ކުރެވި، ދަތުރުފަތުރު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެ މަގު ފުޅާކުރެވިގެން ދިއުމާއެކު މަގުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް އެކުންފުނިން ދެކެ އެވެ.

ބޮޑުތަކުރުފާނު މަގުގެ މަޝްރޫއު ނިމިގެން ދިއުމާއެކު ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، މަގުމަތީގެ ރައްކާތެރިކަން އިތުރުވެ މާލޭގެ ތޮއްޖެހިފައިވާ އެހެން މަގުތަކުގެ ތޮއްޖެހުން ވެސް ކުޑަވެގެންދާނެ އެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއްގައި ތާރު އަޅައިގެން ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަަސައްކަތަށް ޖުމުލަ 144 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%