ކުޑަ ކުދިންތަކަކާއެކު ޕާޓީކުރަން ތިބި ހަތަރު މީހަކު ހައްޔަރަށް، ޕްރެޒެންޓަރު ނާއްޕެ ވެސް ހިމެނޭ!

މުހައްމަދު ޖަމްޝަތު | 11 ދުވަސް ކުރިން - 7 އޮކްޓޯބަރު 2025 14:38
ކުޑަކުދިންތަކެއް "އެކްސްޕްލޮއިޓް" ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން--- ފޮޓޯ:ފުލުހުން
ކުޑަކުދިންތަކެއް "އެކްސްޕްލޮއިޓް" ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން--- ފޮޓޯ:ފުލުހުން
ޚުލާސާ

އެ މީހުންނަށް ކުރަނީ ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ ދައުވާ

ކުޑަކުދިންތަކެއް "އެކްސްޕްލޮއިޓް" ކުރުމުގެ ތުހުމަތުގައި ޓީވީއެމްގެ ޕްރެޒެންޓަރު އަދި ބައިބަލާ ހޯސްޓު ނާފިއު ރަޝީދު (ނާއްޕެ) ހިމެނޭހެން ހަތަރު މީހުން އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވަ ކަމަށެވެ. އެއީ، ނާއްޕެއާއި، އަލީ އަޝްރަފް (35އ)/މ އެތުމާ، ލުހާން ސައީދު (41އ)/ޕެރިސް ގދ. ވާދޫ، އަދި އިބްރާހިމް ޝިނާން އަހުމަދު (33އ) ހ. ފިނިކުރިއެވެ.

އޭގެ ތެރެއިން ލުހާން ސައީދަކީ ފެނަކަ ސައީދުގެ ކޮށްކޮ އެކެވެ. އަދި ޝިނާނަކީ ގާނޫނީ ވަކީލެކެވެ. އެނގިފައިވާގޮތުގައި މި ހަތަރު މީހުން ހައްޔަރުކުރީ ކުޑަކުދިންތަކެއް ގޮވައިގެން މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކުރަން ތިއްބަ އެވެ.

ފުލުހުން ބުނީ، ހަތަރު މީހުން ހައްޔަރުކުރި ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، އެ ތަނުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓަކާ އެކުގައި ކަމަށެވެ. އަދި، ހައްޔަރުކުރި ހަތަރު މީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނެއެވެ. ނަމަވެސް އެ ކުދިންނަށް ކުރި އަނިޔާއާއި އެކްސްޕްލޮއިޓްކުރިގޮތުގެ އެއްވެސް ތަފުސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%