Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓެރަރިޒަމާއި ދެކޮޅަށް މައުލޫމާތު ފެތުރުމުގައި ނޫސްވެރިންގެ ގާބިލުކަން އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި

ޓެރަރިޒަމާއި ދެކޮޅަށް މައުލޫމާތު ފެތުރުމުގައި ނޫސްވެރިންގެ ގާބިލުކަން އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި

މުހައްމަދު ޖަމްޝަތު
328 ދުވަސް ކުރިން - 7 އޮކްޓޫބަރު 2025 13:15
ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ "ސުލްހައިގެ ނޫސްވެރިން" ގެ ޕްރޮގްރާމުގެ ތެރެއިން---
ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ "ސުލްހައިގެ ނޫސްވެރިން" ގެ ޕްރޮގްރާމުގެ ތެރެއިން---
ޚުލާސާ

އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި މީޑިއާގައި މަސައްކަތްކުރާ މީހުންގެ ގާބިލުކަން އިތުރުކޮށް އެ މީހުންގެ ހުނަރުތައް ކުރިއެރުވުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ރާއްޖޭގައި ފަށައިފި އެވެ.

"ސުލްހައިގެ ނޫސްވެރިން" ގެ ނަމުގައި އިއްޔެ ފެށި އެ ޕްރޮގްރާމަކީ ކައުންޓާ ޓެރަރިޒަމާއި މެދުމިނުގެ ވިސްނުންތަކާބެހޭ މައުލޫމާތު ފެތުރުމުގައި މީޑިއާގައި މަސައްކަތްކުރާ މީހުންގެ ގާބިލިއްޔަތު އިތުރުކޮށް, އެ މީހުންގެ ހުނަރުތައް ކުރިއެރުވުމަށްޓަކައި އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން އިސްނަގައިގެން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ސިލްސިލާ ޕްރޮގްރާމުގެ ބައެކެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި މީޑިއާތަކާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މީޑިއާގައި މަސައްކަތް ކުރައްވާ 30 މީހުން ބައިވެރިވެ އެވެ.

Advertisement

Advertisement 1

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީ އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު މިޒްނާ ވިދާޅުވީ, މި ތަމްރީން ޕްރޮގްރާމަކީ އައިއެމްސީޓީސީ އާއި ރާއްޖޭގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ހަރުކަށިފިކުރާ ދެކޮޅަށް މީހުންގެ ގާބިލުކަން އިތުރުކުރުމަށް ސައުދީ އަރަބިއާގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.

މިޒްނާގެ ވާހަކައިގައި ހަރުކަށިފިކުރާއި ނަފުރަތު ފެތުރުމާ ދެކޮޅު މުޖުތަމައުތަކެއް އުފެއްދުމަށާއި އެކަމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެމްސީޓީސީން ކުރައްވާ މަސައްކަތްވެސް ފާހަގަކުރެއްވި އެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ "ސުލްހައިގެ ނޫސްވެރިން" ގެ ޕްރޮގްރާމުގެ ތެރެއިން---

މީޑިއާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުންނާއި ނޫސްވެރިންނާއި ތައުލީމީ ދާއިރާގެ މީހުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ކޮންޓެންޓް އެނަލައިޒްކޮށް, ހަރުކާށި ފިކުރުގެ ވާހަކަތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ނަފުރަތު އުފެއްދުމުގެ ވާހަކަތައް ހުންނަ ގޮތް ދެނެގަތުމާއި އެ ކަންތައްތައް ހައްލުކުރުމަށް ބުއްދިވެރި ޕްރޮފެޝަނަލް ގޮތްތައް ބޭނުންކޮށްގެން ކޮންޓެންޓް އެނަލިސިސްއާއި ދޮގު ހަބަރުތަކުގެ މަސްދަރު ހޯދުމާއި ޒަމާނީ ޑިޖިޓަލް ވެރިފިކޭޝަން ޓޫލްތައް ބޭނުންކުރާނެ ގޮތް ކިޔައިދޭން ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން ހަރުކަށި ފިކުރުގެ ވާހަތަކުގެ ސަބަބުން ކުރާ ނަފުސާނީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކާމެދު ހޭލުންތެރިކަން އުފެއްދުމަށާއި މީޑިއާ ރިޕޯޓްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޒިންމާދާރު ތަހުލީލީ ރިޕޯޓްތައް ލިޔުމުގައި ބައިވެރިންގެ ހުނަރު އިތުރުކޮށް، ފިކުރީ އަދި އިޖުތިމާއީ ރައްކާތެރިކަން ގާއިމުކުރުމަށް އެފަދަ ރިޕޯޓްތައް ލިޔާނެ ގޮތުގެ ހުނަރު އިތުރުކުރުމަކީވެސް މި ޕްރޮގްރާމުގެ އަމާޒެކެވެ.

އައިއެމްސީޓީސީއަކީ ސައުދީ އަރަބިއާގެ ސަރުކާރުން އިސްނަގައިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގައި ރާއްޖެ ހިމެނޭހެން 42 މެންބަރު ގައުމެއް އޮވެ އެވެ.

އެ ޖަމިއްޔާއިން ދަނީ މީޑިއާ އާއި ހޭލުންތެރިކުރުވުމާއި ތައުލީމުގެ ދާއިރާތަކުގައި މެންބަރު ގައުމުތަކުގެ މެދުގައި ގާބިލިއްޔަތުކަން އުފައްދައި ގުޅުންތައް ވަރުގަދަކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވޭ ފިކުރިއްޔާތާއި މީޑިއާ މަސައްކަތްތައް އެއްބައިވަންތަކުރުމާއި ގައުމުތަކުގެ މެދުގައި ސުލްހައާއި އެކީގައި އުޅުމުގެ ސަގާފަތެއް އާލާކުރުމަކީ އައިއެމްސީޓީސީގެ ތަސައްވުރެވެ.

މީޑިއާޓެރަރިޒަމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕާކިސްތާނުގައި ރޭލަކަށް އަމާޒުކޮށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި 24 މީހުން މަރުވެއްޖެ

ޕާކިސްތާނުގައި ބޮމުގެ ހަމަލާއެއްގައި 24 މީހުން މަރުވެއްޖެ

99 ދުވަސް ކުރިން - 21:02

ޗޭޑްގައި ބޯކޯ ހަރާމްއިން ދިން ވަރުގަދަ ހަމަލާއެއްގައި 23 ސިފައިން މަރުވެއްޖެ

ބޯކޯހަރާމުން ޗޭޑްގެ 23 ސިފައިން މަރާލައިފި

116 ދުވަސް ކުރިން - 07:59

މަސްތުވާތަކެތި އުފުލި މެކްސިކޯގެ ބޯޓަކަށް ޙަމަލާދީ 11 މީހުން މަރާލައިފި

މަސްތުވާތަކެތި އުފުލި ބޯޓަކަށް ޙަމަލާދީ އެގާރަމީހުން މަރާލައިފި

188 ދުވަސް ކުރިން - 05:51

ސީރިއާއަށް ދަތުރުކުރުމުގެ ހުއްދަ ދިވެހިންނަށް ދީ، ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފި

ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފި

204 ދުވަސް ކުރިން - 15:53

ޕާކިސްތާނުގައި ހުކުރުނަމާދުގައި ތިއްބާ ޖާނުންދިދާވުމުގެ ޙަމަލާއެއް ދީ 31 މީހުން މަރާލައިފި

ހުކުރު ނަމާދުގައި ތިއްބާ 31 މީހުން މަރާލައިފި

205 ދުވަސް ކުރިން - 23:01

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ސަރުކާރުން އަލުން ގެޒެޓުކޮށްފި

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ސަރުކާރުން އަލުން ގެޒެޓުކޮށްފި

206 ދުވަސް ކުރިން - 23:39