ޔޫ.އެސް. އަސްކަރިއްޔާއިން ޕެސިފިކް ކަނޑުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރި ދެ އުޅަނދަކަށާއި ޓެރަރިސްޓް ޙަރަކާތްތަކެއް ހިންގި އުޅަނދަކަށް ޙަމަލާދީ އެގާރަ މީހުން މަރާލައިފި ކަމަށް އެމެރިކާގެ ޕެންޓަގަން އިން ބުނެފިއެވެ.

އެމެެރިކާގެ ޖާސޫސީ އިދާރާއިން ބުނީ އެ އުޅަނދުތަކަކީ މަސްތުވާތަކެއްޗާއި ޓެރަރިސްޓް ޙަރަކާތް ހިންގާ އުޅަނދުތައް ކަމަށާއި އޭގެ ތެރެއިން ދެއުޅަނދަކުން 8 މީހުން މަރާލާފައިވާ ކަމަށެވެ.

މެކްސިކޯގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެސިފިކް ކަނޑުގައި ޙަމަލާދިން ދެ އުޅަނދަކީ ވެސް ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް އާއި ގުޅުންހުރި ފަރާތްތަކަކަށް ނިސްބަތްވާ އުޅަނދުތަކެއް ކަމަށެވެ.