އދ. އަތޮޅުގައި އޮންނަ ފޮފަޅުގައު ފަޅަކީ އެ އަތޮޅު ކުނބުރުދޫގެ ބައެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
މިފަދައިން ކަނޑައެޅީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޮއިކޮށް ރައީސް އޮފީހުން އިއްޔެ ނެރުނު ގަރާރަކުންނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ފޮފަޅުގައު ކުނބުރުދޫގެ ބައެއް ގޮތުގައި ކަނޑައެޅީ ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށާއި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެއުމަށެވެ. މިއީ ކުނބުރުދޫ ރައްޔިތުން އެކަމަށް އެދިގެން ހުށަހަޅައިފައިވާ ގޮތެވެ.
މިއާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ފޮފަޅުގައު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހު ގެނެސް ގެނެސް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަ ކޮށްފަ އެވެ.
މާލެއާއި 278. ކިލޯމީޓަރު ދުރުގައި އޮންނަ ކުނބުރުދޫގެ ފުޅާމިނުގައި 914 ކިލޯމީޓަރު ހުންނައިރު ދިގުމިނުގައި ހުންނަނީ 944 ކިލޯމީޓަރެވެ.









