Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދީގެން ނަމަވެސް އާބާދީ ކުރިއަރައިގެންދާނެ ގޮތެއް ވިސްނަންޖެހޭ: ޝުޖާއު

ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދީގެން ނަމަވެސް އާބާދީ ކުރިއަރައިގެންދާނެ ގޮތެއް ވިސްނަންޖެހޭ: ޝުޖާއު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
283 ދުވަސް ކުރިން - 7 އޮކްޓޫބަރު 2025 13:04
މެމްބަރު ޝުޖާއު. ދިވެހިންނަށް ވުރެ ބޮޑަށް ބިދޭސީންނަށް ވަޒީފާ ދިނުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިސްކަން ދިންކަން ފާހަގަކުރައްވައި ޝުޖާއު ވަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ--- ފޮޓޯ: އިންޓަނެޓް

ޚުލާސާ

ޝުޖާއު ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުގެ ކުރިން ނެގުނު ބޯހިމެނުންތަކުން ދައްކާ ގޮތުން ދިވެހި ރައްޔިތެއްގެ އުމުރަކީ 45 އަހަރާއި 47 އަހަރާ ދޭތެރޭގެ އުމުރެއް ކަމަށް

ދިވެހި ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދީގެން ނަމަވެސް ދިވެހިރާއްޖޭގެ ހިފެހެއްޓިފައި އޮތް އާބާދީ ކުރިއަރައިގެންދާނެ ގޮތެއް ވިސްނުމަކީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ބާރަށު ދާއިރާގެ މެމްބަރު، އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝުޖާއު މި މޭރުމުން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ރީ-އެމްޕްލޮއިމެންޓްގެ ބިލަށް ބަހުސްކުރައްވަމުންނެވެ. ޝުޖާއު ވިދާޅުވި ގޮތުގައި، ރައީސް މައުމޫންގެ ވެރިކަމުގެ ކުރިން ނެގުނު ބޯހިމެނުންތަކުން ދައްކާ ގޮތުން ދިވެހި ރައްޔިތެއްގެ އުމުރަކީ 45 އަހަރާއި 47 އަހަރާ ދޭތެރޭގެ އުމުރެއް ކަމަށެވެ.

އެހެންނަމަވެސް ރައީސް މައުމޫނުގެ ވެރިކަމަށް ފަހު ސިއްހީ ދުޅަހެޔޮކަން އިތުރުވެ، ރައްޔިތުންނަށް ތަފާތު ވެކްސިންތައް ދެވި ދިވެހި ރައްޔިތުންގެ އުމުރު 55 އަހަރުން 60 އަހަރަށް އަދި 60 އަހަރުން 90 އަހަރަށް އިތުރުވެފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

Advertisement

Advertisement 1

ދިވެހިރާއްޖޭގެ އާބާދީ އިތުރުނުވެ އޮތީ ހިފެހެއްޓިފައި ކަމަށާއި ޒުވާން އާބާދީއެއް މި ގައުމަށް ބޭނުންވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. މީގެ އިތުރުން ޒުވާން އާބާދީއެއް ގެނެވޭނީ ސަރުކާރުގެ ސިޔާސަތުތައް ކޮންގޮތަކަށް ބައްޓަންކޮށްގެންތޯ ބެލުމަކީ މުހިއްމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން، ދިވެހިންނަށް ވުރެ ބޮޑަށް ބިދޭސީންނަށް ވަޒީފާ ދިނުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިސްކަން ދިންކަން ފާހަގަކުރައްވައި ޝުޖާއު ވަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ އެވެ.

"އެގޮތުން ސިޔާސަތު ކަނޑައަޅުއްވާފައި އެބަހުރި އިނގޭތޯ ބޭރުގެ ގައުމުތަކުން ވަކި ކޯޓާ، ވަކި އިންސައްތައެއް. ބައެއް ގައުމުތަކުން އެއްލައްކަ ބިދޭސީންނަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރެވޭނޭ އަނެއްބައި ގައުމުތަކުން ދެލައްކަ ބިދޭސީންނަށް ދިވެހި ރާއްޖޭގައި މަސައްކަތް ކުރެވޭނޭ،" މެމްބަރު ޝުޖާއު ވިދާޅުވި އެވެ.

ދިވެހި އާބާދީ ހިފެހެއްޓިފައި އޮތް އޮތުމާ އެކުއެކީގައި ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާފައި ތިއްބަވާ 65 އަހަރުވެފައި ތިއްބެވި އަދި އިތުރަށް ދައުލަތަށް ހިދުމަތް ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ފަހި މާހައުލެއް އޮންނަން ޖެހޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ގަބޫލުފުޅުކުރައްވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސްމެންބަރު އިބްރާހިމް ޝުޖާއު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

10 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

10 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

22 ދުވަސް ކުރިން - 11:10

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

30 ދުވަސް ކުރިން - 09:19

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

41 ދުވަސް ކުރިން - 10:25