އަނިޔާވެރި ޔަހޫދީ ސިފައިން އަސްކަރިއްޔާއިން ވަކިކުރަން އިސްރާއީލަށް އަންގައިފި

އައިޝަތު ރުވާ ރިފްޢަތު | 11 ދުވަސް ކުރިން - 6 އޮކްޓޯބަރު 2025 23:24
ގަދަބާރުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްޠީނުގެ ގެއެއްގައި އިސްރާއީލުގެ ދިދަތައް ނަގާފައި/ ފޮޓޯ: ރޮއިޓާސް
ގަދަބާރުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްޠީނުގެ ގެއެއްގައި އިސްރާއީލުގެ ދިދަތައް ނަގާފައި/ ފޮޓޯ: ރޮއިޓާސް
ޚުލާސާ

ޔަހޫދީ ސިފައިންގެތެރޭގައި އުޅޭ އަނިޔާވެރިން ވަކިކޮށް، ހެކިތަކަށް ބިނާކޮށް އައި.ސީ.ސީގައި އިސްރާއީލުގެ ސިފައިންނާއި ސިޔާސީ މީހުން ޖަވާބުދާރީވުމަށް އިންޓަނޭޝަނަލް ހިއުމަންރައިޓްސް އެކްސްޕާޓުންގެ ޓީމަކުން ޕްލޭނެއް ހުށަހަޅައިފި.

ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމަށް މިސްރުގައި މަތީފެންވަރުގެ މަޝްވަރާތައް ކުރިޔަށްދާ ދަނޑިވަޅެއްގައި ޒައެނިސްޓުންގެ އަސްކަރިއްޔާ އިސްލާހު ކުރުމަށް ބުނެ 10 ނުކުތާ ހިމެނޭ ޕްލޭނެއް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ތަޖުރިބާކާރުންގެ ޓީމުން ހުށަހަޅައިފިއެވެ.

މިއަދު އެ ޖަމާއަތުން ނޫސްބަޔާނެއްގެ ގޮތުގައި ނެރުނު މި ޕްލޭނުގައި އިސްރާއީލުގެ އަސްކަރިއްޔާ ވަގުތުން އިސްލާހު ކުރުމަށާއި، އާ އަސްކަރީ ސުލޫކީ މިންގަނޑެއް ގާއިމްކުރުމަށާއި، އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާތަކުން އެއްކުރާ ހެކިތަކަށް ބިނާކޮށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި އިސްރާއީލުގެ އަސްކަރިއްޔާގެ މީހުންނާއި ސިޔާސީ މީހުން ވެސް ޖަވާބުދާރީވުމަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން ޣައްޒާއަށް ކުރިމަތިކޮށްފައިވާ ހުރިހާ ހުރަސްތައް ނިމުމަކަށް ގެނައުމާއި އެ ސަރަހައްދުގައި ބައިނަލްއަގުވާމީ އޮބްޒާވަރުންނަށް ނުވަތަ ސުލްހައިގެ ޓީމަކަށް ހަރަކާތްތެރިވެވޭނެ ގޮތް ހެދުމާއި، ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުން ހުއްޓުވުމާއި، ފަލަސްޠީނުގެ ސަރަހައްދުތަކުގައި ހަތިޔާރު ނުގެންގުޅޭ ކަމަށް ޔަގީންކޮށް ކަށަވަރުކުރުމާއި، ޝަރީއަތެއް ނެތި ބަންދުކޮށްފައިވާ ފަލަސްޠީނުގެ މީހުން ދޫކޮށްލުމަށް ވެސް އެ ޕްލޭންގައި ޑިމާންޑްކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%