އދ. ދިގުރަށުގެ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރި އޮފީސް އިމާރާތް ހުޅުވައިފި އެވެ.
އެ އިމާރާތް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެވެ.
އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ބޭއްވި ރަސްމިއްޔާތުގައި ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރި އޮފީސް އިމާރާތް ހުޅުވައްދެއްވީ ފިނޭންސް އެންޑް ފްލޭނިން ވަޒީރު މޫސާ ޒަމީރެވެ. ވަޒީރުގެ އަރިހުގައި ދާއިރާގެ މެމްބަރު، އަބްދުﷲ ރަޝީދު އާއި ކައުންސިލް ރައީސް، އިބްރާހިމް އުސްމާން ބައިވެރިވެވަޑައިގެންނެވި އެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ވެސް އެންމެ ފެންވަރު ރަނގަޅު ސިއްހީ ބޭނުންތައް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުންނެވެ.









