މާލެ ސިޓީގެ ކުރީގެ މޭޔަރު މައިޒާން އަލިމަނިކުގެ އަނބިކަނބަލުން އައިޝަތު ޒަމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށް ތައުޒިޔާ ދަންނަވައިފި އެވެ.
ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، މަރްހޫމާ އާއިޝަތު ޒަމީލަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރައްވާފައިވެ އެވެ.
”ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާ، ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ އަދި މާލެ ސިޓީގެ މޭޔަރުކަންވެސް ކުރެއްވި ހިދުމަތްތެރިޔާ މައިޒާން އަލިމަނިކު (މައިޒާން އަލިބެ) ގެ ލޮބުވެތި އަނބިކަނބަލުން އާއިޝަތު ޒަމީލް ނިޔާވުމުގެ ހިތާމައިގާ އެ އާއިލާއަށް ތައުޒިޔާ ދަންނަވަން،“ ރައީސް ވިދާޅުވި އެވެ.
އަދި މަރްހޫމާ އާއިޝަތު ޒަމީލަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަހުމަތުގައި އަބަދުމެ ލެހެއްޓެވުން އެދިވެސް ރައީސް ދުއާ ކުރެއްވި އެވެ.









