އދ. ދަނގެތި ސްކޫލްގައި 10 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ބިނާ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އަދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސޮއި ކުރެވީ މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއި ކުރައްވާފައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލެވެ.
ދަނގެތި ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަސައްކަތް ނިމުމުގެ ކުރިން ވެސް ދަނގެތީ ސްކޫލް ހޯލުގެ ހޫނުވުމުގެ މައްސަލައަށް ވެސް ރަނގަޅު ބަދަލެއް ގެނެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު ކުރިއަށް މި ގެންދަނީ ހުރިހާ ރަށެއްގެ ހުރިހާ ކްލާސް ރޫމް ތަކެއް އޭސީ ކުރުމުގެ މަޝްރޫއެއް. މި އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސް ރޫމެއް އޭސީކޮށް ނިމޭނެ" ރައީސް ވިދާޅުވި އެވެ.









