އެމްޕީއެލްގެ ބިދޭސީ 2 މުވައްޒަފެއްގެ ދެމެދު މާރާމާރީއެއް ހިންގައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 13 ދުވަސް ކުރިން - 5 އޮކްޓޯބަރު 2025 21:08
އެމްޕީއެލް ސަރަހައްދު. މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާރާމާރީއެއްގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް--- ފޮޓޯ: އިންޓަނެޓް
އެމްޕީއެލް ސަރަހައްދު. މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާރާމާރީއެއްގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މާރާމާރީއެއްގެ މައުލޫމާތު ލިބިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން އަންނަ ކަމަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބިދޭސީ ދެ މުވައްޒަފެއްގެ ދެމެދު މާރާމާރީއެއް ހިންގައިފި އެވެ.

މި މާރާމާރީ ހިންގާފައިވަނީ މިރޭ 19:00 އެހައިކަން ހާއިރު މާލޭ ޗަމްޕާ މަގުގަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މާރާމާރީއެއްގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އިތުރު މައުލޫމާތު ލިބުނު ވަރަކުން ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެމްޕީއެލްގައި މަސައްކަތް ކުރާ ބިދޭސީ ދެ މީހުން ވަނީ އެކަކު އަނެކަކަށް ދަގަނޑު އެއްޗަކުން ހަމަލާ ދީފަ އެވެ. މި ހަމަލާގައި އެކެއްގެ މޫނުމަތި ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާތަން ފެނެ އެވެ. އެ ދެ މީހުން މާރާމާރީ ހިންގާފައިވަނީ އެމްޕީއެލްގެ ޔުނީފޯމުގައި ހުރެގެންނެވެ.

ފަހަކަށް އައިސް މާރާމާރީއާއި ގޭންގު ކުށްތަށް ދަނީ އިތުރުވަމުންނެވެ. މިކަންކަން ހުއްޓުވުމަށްޓަކައި ސަލާމަތީ ބާރުތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލަންޖެހެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%