Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފްލޮޓިއްލާގެ ދަތުރުގައި އިސްރާއީލުގެ ޖަލަށްލި އެކްޓިވިސްޓަކު އިސްލާމްވެއްޖެ

ފްލޮޓިއްލާގެ ދަތުރުގައި އިސްރާއީލުގެ ޖަލަށްލި އެކްޓިވިސްޓަކު އިސްލާމްވެއްޖެ

ޢަބްދުﷲ ޖުނައިދު
293 ދުވަސް ކުރިން - 5 އޮކްޓޫބަރު 2025 16:54
ފޮޓޯގައި ތިބި މީހުން (ވާތުން ކަނާތަށް): ތުރްކިޔޭގެ ނޫސްވެރިޔާ ބެކިރް ދެވެލި، ޓޮމީ އަދި އެއާޕޯޓުން މަރްޙަބާ ދެންނެވުމަށް ވަޑައިގެންނެވި ރައީސް އެރްދޮޣާންގެ ދަރިކަނބަލުން ސުމައްޔާ އެރްދޮޣާން ބައިރަކްތަރު އަދި އިތުރު އަންހެނެއް / ފޮޓޯ: ތުރްކިޔޭ ޤައުމީ ޓީވީ
ފޮޓޯގައި ތިބި މީހުން (ވާތުން ކަނާތަށް): ތުރްކިޔޭގެ ނޫސްވެރިޔާ ބެކިރް ދެވެލި، ޓޮމީ އަދި އެއާޕޯޓުން މަރްޙަބާ ދެންނެވުމަށް ވަޑައިގެންނެވި ރައީސް އެރްދޮޣާންގެ ދަރިކަނބަލުން ސުމައްޔާ އެރްދޮޣާން ބައިރަކްތަރު އަދި އިތުރު އަންހެނެއް / ފޮޓޯ: ތުރްކިޔޭ ޤައުމީ ޓީވީ
ޚުލާސާ

ޖަލުން ދޫކޮށްލުމާއިއެކު އިޓަލީގެ ޓޮމީ އަށް އިސްލާމްދީނުގެ ދަޢުވަތުދިނީ ތުރުކީވިލާތުގެ ނޫސްވެރިއެއް. އޭނާ އިސްލާމްވީ ވެހިކަލްގައި. އެކަން އެނގިގެން އަނެއްކާ ޔަހޫދީސިފައިން އޭނާ އަނބުރާ ޖަލަށް ވެއްދި.

އިސްރާއީލުން މި މަހުގެ 2 ވަނަ ދުވަހު ޖަލަށްލި ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ އިޓަލީގެ އެކްޓިވިސްޓެއް ކަމަށްވާ ޓޮމާސޯ (ޓޮމީ) އަށް މާތްރަސްކަލާނގެ ހިދާޔަތް ދައްކަވައިފިއެވެ.

ގައިގައި ޓެޓޫ ޖަހައިގެން އުޅޭ އިސްލާމް ދީނާއި ދުރު އިޓަލީގެ ކްރިސްޓިއަން އެކްޓިވިސްޓް ޓޮމީ، ފްލޮޓިއްލާގެ އުޅަނދުތައް ހައިޖެކްކުރިއިރު އެ މީހުންނާއި އެކު އިސްރާއީލުގެ ޖަލުގައި ހޭދަކުރީ މުސްލިމުން ތިބި ގޮޅިއެއްގައެވެ. އެ ގޮޅީގައި ތުރުކީވިލާތުގެ ނޫސްވެރިޔާ ބެކިރް ދެވެލި ވެސް ހުއްޓެވެ. ގޮޅިތެރޭގައި އެކަކު ތެދުވެ ފަތިސްނަމާދަށް ބަންގި ގޮވިއެވެ. އެއާއި އެކު ޓޮމީ ފިޔަވައި އެ ގޮޅީގައި ތިބި އެންމެން ކޮޅަށް ތެދުވެ ނަމާދުކުރަން ފެށިއެވެ. ޓޮމީ ހުރީ ޖަލު ގޮޅީގެ ދޮރުވާނަކަށެވެ. އެއީ ޔަހޫދީ ސިފައިން އައިސް ނަމާދަށް ތިބި އެކްޓިވިސްޓުންނަށް އަނިޔާ ކޮށްފާނެތީއެވެ.

ކޮންމެޔަކަސް އިޓަލީ ސަރުކާރާއި ތުރްކިޔޭގެ ސަރުކާރުގެ އިތުރުން ބައިނަލްއަޤްވާމީ ޕްރެޝަރާއި ހެދި ޓޮމީ ހުރި ގޮޅިގައި ތިބި ހުރިހާ އެންމެން ގޮޅިން ނެރެ ޑީޕޯޓްވާން އެދޭ ނަމަ ސޮއި ކުރަން ބުނުމާއި އެކު އެ އެންމެން ސޮއިކުރީ ތުރްކިޔޭ ސަރުކާރުން ހަމަޖައްސާފައި އޮތް ޗާޓަރު ފުލައިޓެއްގައި އިސްތަންބޫލަށް ދިޔުމަށެވެ.

Advertisement

Advertisement 1

ޓޮމީ އިސްލާމް ދީން ޤަބޫލުކުރުމަށްފަހު ތުރުކީވިލާތުގެ ވައިގެބަނދަރުގައި

މާތްރަސްކަލާނގެ އިރާދަފުޅުން ޓޮމީ އަށް އަރަން ޖެހުނީ ތުރްކިޔޭގެ ނޫސްވެރިޔާ އާއި އެއް ވެހިކަލަކަށެވެ. އޭނާއަށް އިސްލާމް ދީނަށް ވަނުމަށް ދަޢުވަތު ދިނީ ތުރްކިޔޭގެ ނޫސްވެރިޔާއެވެ. ކޮންމެޔަކަސް އެ ވެހިކަލްގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް ޓޮމީ “އަޝްހަދު އައްލާ އިލާހަ އިއްލަﷲ” އޭ ބުނެ އިސްލާމްވިއެވެ! އެއާއި އެކު ވެހިކަލްގައި ތިބި މީހުން އުފަލުން ޓޮމީގެ ގައިގައި ބައްދަން ފެށިއެވެ. އެ މަންޒަރު ޒައެނިސްޓް ސިފައިންނަށް ފެނި އަދި އޭނާ އިސްލާމްވިކަން އެނގިގެން ވެހިކަލުން އޭނާ ބޭލުމަށްފަހު ދަމާކޫއްތާފައި އަނެއްކާ އަނބުރާ ގޮޅިއަށްލީ ކަމަށް ތުރްކިޔޭގެ ދީނީ ޕްރޮގްރާމްތައް ވެސް ހުށަހަޅައިދޭ ނޫސްވެރިޔާ ކިޔައިދިނެވެ.

"އެންމެން އޭނާއަށް މަރްޙަބާ ކިޔުމުން އިސްރާއީލުގެ ފުލުހުން އޭނާ ދަމާފައި ގޮޅިއަކަށް ގެންދިޔައީ،" ތުރްކިޔޭގެ ނޫސްވެރިޔާ ކިޔައިދިނެވެ.

ނަމަވެސް ﷲގެ އިރާދަފުޅުން އަނެއްކާވެސް ޓޮމީ ދޫކޮށްލިއެވެ. އަދި ތުރްކިޔޭގެ ރައީސް ރެޖެޕް ޠޮއްޔިބް އެރްދޮޣާންގެ ސަރުކާރުން ފޮނުވި ޓާކިޝް އެއާލައިންސްގެ ފްލައިޓެއްގައި 137 ފަސިންޖަރުންނާއެކު ޓޮމީ ދިޔައީ އިސްތަންބޫލަށެވެ.

އިސްތަންބޫލް އެއާޕޯޓުން ޓޮމީ އަށް މަރްޙަބާ ކިޔުމަށް ރައީސް އެރްދޮޣާންގެ ދަރިކަނބަލުން ވެސް ވަޑައިގަތެވެ.

ފްލޮޓިއްލާއިޓަލީތުރްކިއޭ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތުރުކީގެ ޓީމަކަށް ސަލާހު ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް

ތުރުކީގެ ޓީމަކަށް ސަލާހު ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް

7 ދުވަސް ކުރިން - 12:20

އީރާނުގެ ހުއްދަނެތި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ކަމަށްބުނާ ބޯޓެއް މެދުން ބިނދި އަޑިއަށް!

އީރާނުގެ ހުއްދަނެތި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ކަމަށްބުނާ ބޯޓެއް ފެތިއްޖެ!

10 ދުވަސް ކުރިން - 18:46

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

17 ދުވަސް ކުރިން - 14:36

އީރާނު މައްސަލާގައި މެލޯނީ ދެކެ ޓްރަމްޕް ރުޅިއައިސް، ދެގައުމުގެ ގުޅުން ގޯސްވެއްޖެ

އީރާނު މައްސަލާގައި މެލޯނީ ދެކެ ޓްރަމްޕް ރުޅިއައިސް، ދެގައުމުގެ ގުޅުން ގޯސްވެއްޖެ

34 ދުވަސް ކުރިން - 10:09

ގްރޫޕް ޑީގެ އެއްވަނައަށް ދާނެ ކަމަށް ބެލެވުނު ތުރުކީ ވޯލްޑު ކަޕުން ބޭރުކޮށްލައިފި

ގްރޫޕް ޑީގެ އެއްވަނައަށް ދާނެ ކަމަށް ބެލެވުނު ތުރުކީ ވޯލްޑުކަޕުން ބޭރުކޮށްލައިފި

35 ދުވަސް ކުރިން - 16:17

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

45 ދުވަސް ކުރިން - 07:34