Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެންމެންގެ ޝެނީން މިސް: އުނގަންނައިދިނުމުގައި މެދުކެނޑުމެއްނެތި 32 އަހަރު

އެންމެންގެ ޝެނީން މިސް: އުނގަންނައިދިނުމުގައި މެދުކެނޑުމެއްނެތި 32 އަހަރު

އައިޝަތު ޝިފްނާ ހުސައިން
243 ދުވަސް ކުރިން - 5 އޮކްޓޫބަރު 2025 13:51
ޝެނީން މިސް. ފަހަތައްނުޖެހި ތައުލީމު އުނގަންނައިދިނުމުގައި 32 އަހަރު.---ފޮޓޯ: ޝެނީން މިސއ
ޝެނީން މިސް. ފަހަތައްނުޖެހި ތައުލީމު އުނގަންނައިދިނުމުގައި 32 އަހަރު.---ފޮޓޯ: ޝެނީން މިސއ
ޚުލާސާ

ޓީޗަރަކަށް ވާން ބޭނުންނަމަ ޝެނީން މިސް ގެ ނަސޭހަތަކީ ޝައުގުވެރިކަމާއެކު އެކަން ކުރުން

މެދުކެނޑުމެއް ނެތި 32 އަހަރު ދަރިވަރުންނަށް ކިޔަވައިދިނުމުގައި ދެމިހުރެވުނީ މަންމަ އާއި ފިރިމީހާގެ ފަރާތުން ލިބުނު ހިތްވަރުންނެވެ. ކުޑަކުދިން ބަލަހައްޓައި އުގަންނައިދިނުމުގެ ހިޔާލު އެންމެ ފުރަތަމަ އައީ ގޭގައި ހުންނަ އެންމެ ދޮށީ ކުއްޖާއަށް ވެފައި، ހުރިހާ ކޮށްކޮމެން ބަލަން އުޅުމުގެ ތެރެއިންނެވެ. އެއީ "ޝެނީން މިސް" ޓީޗަރަކަށް ވުމުގެ ފެށުމެވެ.

ޓީޗަރުންނަކީ އަންނަން އޮތް ޖީލުތަކުގެ ސިކުނޑިތަކާއި ހިތްތައް ބައްޓަންކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ބައެކެވެ. އެމީހުން ސްކޫލުން ނިކުތުމުން ވަޒީފާ ނިމުނީ އެއް ނޫނެވެ. ކްލާސްރޫމުން ބޭރުގައި އެ ދައްކުވައިދޭ އޯގާތެރިކަމާއި، ލޯތްބާއި އެހެނިހެން ރީތި އާދަކާދަ އަކީ ކްލާސްރޫމުން މާ ދުރަށް ދެމިގެންދާ ފިލާވަޅުތަކެކެވެ.

ޓީޗީން ދާއިރާއަށް ނުކުމެ ޝެނީން މިސް ނުވަ އަހަރު ވަންދެން ކިޔަވައިދިނީ ގްރޭޑް އެކެއްގެ ދަރިވަރުންނަށެވެ. ނަމަވެސް ޑިޕްލޮމާ ހެދުމަށްފަހު ދެން އުޅުނީ އެޑިއުކޭޝަނަލް ލީޑަރެއްގެ ރޯލު އަދާކުރުމުގަ އެވެ. 2003 އިން ފެށިގެން ލީޑިން ޓީޗަރެއްގެ މަގާމު އަދާ ކުރުމަށްފަހު މިހާރު އަދާ ކުރަނީ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމެވެ.

Advertisement

Advertisement 1

ޓީޗަރުންނަކީ ކިޔަވައިދެމުން ކިޔަވަމުންގެންދާ ބައެކެވެ. ޝެނީން މިސް ވެސް މިހާރު ޓީޗިން ޕްރައިމަރީގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވާއިރު އެޑިއުކޭޝަން މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލާސް ޑިގްރީ އާއި މާސްޓާސް ވެސް ވަނީ ހާސިލް ކުރައްވާފަ އެވެ.

32 އަހަރު ހިދުމަތުގައި ހުންނެވިއިރު ޝެނީން މުޅި އެކު ތިން ސްކޫލަކަށް ކިޔަވައިދެއްވި އެވެ. އެންމެ ފުރަތަމަ ދާއިރާއަށް ނުކުންނެވީ 1993 ވަނަ އަހަރު ޖަމާލުއްދީން ސްކޫލަށެވެ. 2005 ވަނަ އަހަރާ ހަމަޔަށް އެ ސްކޫލުގެ ޓީޗަރުކަން އަދި ލީޑިން ޓީޗަރެއްގެ މަގާމު އަދާކުރެއްވި އެވެ. އެއަށްފަހު 2006 ވަނަ އަހަރު އިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ފުރުއްވި އެވެ. 2007-2014 އަށް ޖަމާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު އަދާކުރެއްވުމަަށްފަހު 2015 އިން ފެށިގެން އެ އުޅުއްވަނީ ހުޅުމާލެ ރެހެންދި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގަ އެވެ.

މިއީ ކުޑަ މުއްދަތެއް ނޫނެވެ. އޭގެން ދައްކުވައިދެނީ ޝެނީން މިސްގެ ތެދުވެރިކަމާއި، އޯގާތެރިކަމުގެ އިތުރުން ދަރިވަރުންނާއި މުޖުތަމައަށް އޮތް ލޯތްބެއްގެ ބޮޑު ކަމެވެ. ކިޔަވައިދިން ކޮންމެ ބެޗަކުން ވެސް ދޫކޮށްލާފައި ވަނީ ހާއްސަ ހަނދާންތަކާއި ފިލާވަޅުތަކެކެވެ.

ޝެނީން މިސް ބުނި ގޮތުގައި މިސް އަށް ލިބޭ އެންމެ ބޮޑު އުފަލަކީ ދަރިވަރުން ސްކޫލް ނިންމައި މުޅިން އާ ދިރިއުޅުމެއް ފަށާއިރު މުޖުތަމައަށް ފައިދާހުރި ހިދުމަތްތެރި ރަނގަޅު ވަޒީފާ އަދާކުރާ މަންޒަރު ފެނުމެވެ.

“ކިޔަވައިދިނުމާއި އުނގެނުމުގައި އެންމެ ގޮންޖެހުން ބޮޑު ބަޔަކީ ދަރިވަރުންނަށް ޑިސިޕްލިން ދަސްކޮށްދިނުން. ކޮންމެ ކުއްޖަކުވެސް އެއް ވިސްނުމެއްގައި ނުހުންނާނެތީ، ރަނގަޅު މީހަކަށް ވުމަށްޓަކައި ގަވާއިދުތަކަށް ތަބާވުމުގެ މުހިންމުކަން އެމީހުންނަށް ވިސްނައިދިނުމަކީ ގޮންޖެހުމެއް. ސަބަބަކީ ތައުލީމާއި ޑިސިޕްލިންއަކީ އެކަތި އަނެކައްޗާ ގުޅިފައި އޮންނަ އެއްޗަކަށް ވާތީވެ. ކިތަންމެ ތައުލީމަށް ރަނގަޅުވިޔަސް ރަނގަޅު ޑިސިޕްލިންއެއް ނެތިއްޔާ އިހްތިރާމް ނުލިބޭނެ،" ޝެނީން މިސް ބުންޏެވެ.

ޓީޗަރަކަށް ނުވިނަމަ މިއަދު ޝެނީން ފެންނާނީ ޝެފެއްގެ ވަޒީފާގައި ހުއްޓަ އެވެ. ޝެނީން މިސް ސްކޫލުން ބޭރުގައި އެންމެ ކުރާހިތްވާ ކަމަކީ ކެއްކުމާއި، މަސް ބޭނުމެވެ. މިހާރު މިސްގެ އަމާޒަކީ ތަޖުރިބާކާރު އަދި އިހުތިރާމު ލިބިގެންވާ ތައުލީމީ ލީޑަރެއްގެ ގޮތުގައި ރިޓަޔާ ވުމެވެ.

ޝެނީން މިސްގެ އެންމެ ބޮޑު އުންމީދަކީ މިސް އުގަންނައިދިން ހުރިހާ ދަރިވަރުންވެސް އޭނާއަކީ އެ ކުދިންގެ ކަންބޮޑުވުންތައް އަޑުއަހާ، އެކުދިން ކައިރީގައި އަބަދުވެސް ހުންނަ ހެޔޮއެދޭ ޓީޗަރެއްގެ ގޮތުގައި ހަނދާނުގައި ބެހެއްޓުމެވެ. މިސް އެކުދިންނަށް ދެއްކި އެ ލީޑާޝިޕް މަތިން ހަނދާން ނައްތައި ނުލުމެވެ. އަދި ތައުލީމީ ދާއިރާގެ ބޭރުންވެސް ފުރުސަތުތައް ފަހިކޮށްދޭ މީހެއްގެ ގޮތުގައި އެންމެން ބަލައިގަތުމަކީ މިސްގެ އުންމީދެކެވެ.

ޓީޗަރަކަށް ވާން ބޭނުންވާ ކުދިންނަށް ޝެނީން މިސް ގެ ނަސޭހަތަކީ ޝައުގުވެރިކަމާއެކު އެކަން ކުރުމެވެ. ޓީޗަރުންނަކީ ކުރިއަށް އޮތް ޖީލުތައް ބިނާކުރާ ބަޔަކަށް ވުމުން ދަރިވަރުންގެ ދެވަނަ ބެލެނިވެރިޔާއަށްވެ ތައުލީމުގެ ބޭރުންވެސް ރަނގަޅު ބަދަލު ގެންނަން މަސައްކަތް ކުރުމެވެ. "ސަބަބަކީ އަޅުގަނޑުމެންގެ މުސްތަގުބަލު ބިނާވެފައިވަނީ އަޅުގަނޑުމެންގެ ޒުވާނުންގެ ވިސްނުމުގެ މައްޗަށެވެ." ޝެނީން މިސް ބުންޏެވެ.

ތައުލީމީ ދާއިރާއަށް ހިދުމަތްކޮށްދިނުމުގައި ފަސްނުޖެހި އެހާ ދިގު މުއްދަތެއް ހޭދަކުރުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. އަމިއްލަ އާއިލާއަށް ވަގުތު ދެމުން މިވީ 32 އަހަރުތެރޭގައި ޝެނީން މިސް ކިިޔަވައިދިން ކިތަންމެ ދަރިވަރަކު މިއަދު މުޖުތަމައުގައި ޒިންމާދާރު އެތައް ވަޒީފާއެއް އެދަނީ އަދާކުރަމުންނެވެ. މި ހުރިހާ ކާމިޔާބީތަކަކީ ހިތްވަރު ނެތި ލިބޭ ކާމިޔާބީތަކެއް ނޫނެވެ. ޝެނީން މިސްއަށް ފަށްފަށުން ޝުކުރު ހައްގެވެ.

ސްކޫލް

Advertisement

Advertisement

5 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރޯވި ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުމެއް ނުހުއްޓޭނެ އެޑިއުކޭޝަން މިނިސްޓަރު

ރޯވި ތައުލީމީ މަރުކަޒުގައި ކިޔެވުމެއް ނުހުއްޓޭނެ: މިނިސްޓަރު

63 ދުވަސް ކުރިން - 14:03

މޭ/ޖޫން އޭ-ލެވޭވެލް އަމިއްލަ ގޮތުން ހަދާ ދަރިވަރުންނަށް އިތުރު މުއްދަތެއް

ޕްރައިވެޓްކޮށް މޭ/ޖޫން އޭ-ލެވެލް ހެދުމުމަށް އިތުރު މުއްދަތެއް

71 ދުވަސް ކުރިން - 20:09

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

109 ދުވަސް ކުރިން - 10:17

އިސްލާމް ދީން އުގެނުން އޮތީ އެންމެ ބަހަކުން އެކަނިތަ؟

އިސްލާމްދީން އުގެނުން އޮތީ އެންމެ ބަހަކުން އެކަނިތަ؟

114 ދުވަސް ކުރިން - 09:05

ރާއްޖޭގެ 29 ސްކޫލެއްގައި އާ އިމާރަތް އެޅުމަށް ހަވާލުކޮށްފި

ރާއްޖޭގެ 29،ސްކޫލެއްގައި އާ އިމާރަތްތައް އެޅުމަށް ހަވާލުކޮށްފި

120 ދުވަސް ކުރިން - 15:00

ސީއެޗްއެސްއީ އާ އިމާރަތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ސީއެޗްއެސްއީ އާ އިމާރަތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

121 ދުވަސް ކުރިން - 19:24