ހަނިމާދޫގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 14 ދުވަސް ކުރިން - 4 އޮކްޓޯބަރު 2025 22:04
ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު/ ފޮޓޯ: ސަން
ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު/ ފޮޓޯ: ސަން
ޚުލާސާ

އައިޑީ ކާޑުގެ ހިދުމަތް ހަނިމާދޫގައި ފެށުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެކަމަށް ދާހިލީ ވުޒާރާއިން ފާހަގަކުރި

ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހދ. ހަނިމާދޫގައި ރަސްމީކޮށް ފަށައިފި އެވެ. މި ހިދުމަތަކީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މުހިންމު ބައެކެވެ.

ހަނިމާދޫއަކީ އައިޑީކާޑުގެ ޚިދުމަތް ރާއްޖޭގައި ފެށުނު 34 ވަނަ ރަށެވެ. މިހާރު ރާއްޖޭގެ 20 އަތޮޅެއްގެ 34 ރަށެއްގައި މި ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ހަނިމާދޫގައި ވެސް މި ހިދުމަތް ފެށިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުންޏެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ، އައިޑީ ކާޑުގެ ހިދުމަތް ހަނިމާދޫގައި ފެށުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރި އެވެ.

މިއަހަރުގެ އޮގަސްޓު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހަނިމާދޫއަށް ވަޑައިގަތުމުން، އެ ރަށު ކައުންސިލުން ވަނީ އެ ރަށުގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް އެދިފަ އެވެ. އެ އެދުމަށް އިޖާބަ ދެއްވައި، 39 ދުވަސްތެރޭ ވަނީ ހަނިމާދޫގައި އައިޑީ ކާޑުގެ ހިދުމަތް ފަށާފަ އެވެ.

އަސާސީ ގިނަ ހިދުމަތްތަކާ ގުޅިފައިވާ އައިޑީ ކާޑުގެ ހިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު، ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި ވެސް މި ހިދުމަތް ފެށުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%