Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެންވަޔަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީގެ ވެބްސައިޓު ލޯންޗުކޮށްފި

އެންވަޔަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީގެ ވެބްސައިޓު ލޯންޗުކޮށްފި

މުހައްމަދު ޖަމްޝަތު
241 ދުވަސް ކުރިން - 4 އޮކްޓޫބަރު 2025 11:21
އީޕީއޭ އޮފީސް. އީޕީއޭގެ ނަން އީއާރްއޭއަށް މިހާރު ވަނީ ބަދަލުކޮށްފަ---
އީޕީއޭ އޮފީސް. އީޕީއޭގެ ނަން އީއާރްއޭއަށް މިހާރު ވަނީ ބަދަލުކޮށްފަ---
ޚުލާސާ

އީޕީއޭގެ ނަން އީއާރުއޭއަށް ބަދަލުކުރީ އެ އިދާރާގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުނޭ

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ކަންކަން މެނޭޖުކޮށް ބެލެހެއްޓުމަށް އަަލަށް އުފެއްދި އެންވަޔަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)ގެ ވެބްސައިޓު ލޯންޗުކޮށްފި އެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތައް މީގެ ކުރިން އުފުލަމުން އައީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ. ނަމަވެސް އީޕީއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެ ތަނުގެ ނަން "އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކުރީ ނިމިިދިޔަ އޮގަސްޓު މަހު އެވެ.

އީއާރްއޭގެ ރަސްމީ ވެބަސައިޓު ލޯންޗުކުރިކަން ހާމަކުރަމުން އެ އޮތޯރިޓީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އާ ވެބްސައިޓް ނެރެފައިވާ ނަމަވެސް ވެބްސައިޓް އަދިވެސް އަންނަނީ ތަރައްގީކުރަމުން ކަމަށެވެ. އަދި އީއާރުއޭގެ މަސައްކަތާ ގުޅޭ ހުރިހާ އީއައިއޭ ރިޕޯޓްތަކާއި އެ އޮތޯރިޓީއާ ގުޅުންހުރި އެހެނިހެން މުހިންމު ލިޔެކިޔުންތަކާއި މައުލޫމާތު، އެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބުންޏެވެ.

Advertisement

Advertisement

އީއާރްއޭ އިން އިތުރަށް ބުނީ އާ ވެބްސައިޓު ލޯންޗުކުރީ އާންމުންނަށް އެ އޮތޯރިޓީގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށާއި "ޓްރާސްޕެރެންސީ" އިތުރު ކުރުމަށް އަޅާ ފިޔަވަޅެއް ގޮތުގައި ކަމަށާއި އެ އޮތޯރިޓީގެ އެހީތެރިކަން ބޭނުންވާނަމަ، އަދި އެއްވެސް ރިޕޯޓެއް ނުވަތަ ގުޅުންހުރި ފައިލެއް ގެއްލިފައިވާނަމަ، އީއާރްއޭގެ އީމެއިލް (secretariat@era.gov.mv) މެދުވެރިކޮށް އެ އޮތޯރިޓީއަށް އެކަން އެންގުމަށް ވަނީ ބުނެފަ އެވެ.

ކުރިން ހިންގަމުން އައި އީޕީއޭ ހިންގަމުން އައީ ރައީސް އައްޔަން ކުރައްވާފައިވާ ހާއްސަ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ. ނަމަވެސް އީއާރުއޭ ހިންގާނީ ހިންގާނީ ސީދާ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުންނެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

4 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

14 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

17 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

1 ދުވަސް ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

1 ދުވަސް ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

1 ދުވަސް ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%