އިދިކޮޅު އެމްޑީޕީން މީގެ ދެމަހެއްހާދުވަސް ކުރިން ޕްރޮމޯޓުކުރަމުން އައި ބޮޑު އެއްވުމަށް މީހުން އެއްކުރަންވެގެން އެތައް ލައްކަ ރުފިޔާ ބަހައިގެންވެސް 2،000 މީހުން ހަމަނުވެ ސައިޒުވެއްޖެ އެވެ.
ސުލްހަވެރި އެއްވުމެއްގެ ނަމުގައި ޕްރޮމޯޓުކުރި ނަމަވެސް އެމްޑީޕީން މިރޭ ކުރަންފެށި މުޒާހަރާގެ މަގުސަދަކީ މާލެތެރެ ހަލަބޮލިކޮށްލައި ހަމަނުޖެހުން ހިންގުމެވެ. އެކަން އެންމެ ބޮޑަށް ސާފުވެގެންދަނީ މުޒާހަރާ ކުރަން ފުލުހުން ހުއްދަ ދިން މަގުތަކަށް ދިއުމުގެ ބަދަލުގައި މަޖީދީމަގުން ބަންދުކޮށް އާންމުންނަށް ނޮހޮރައްޕާންކުރަން ދިމާކުރުމެވެ. މަޖީދީ މަގަކީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގަަށްވާއިރު އެމްޑީޕީ އެއްވުމަށް ފައިސާދީގެން ނެރުނު މަދު މީހުން މަޖީދީ މަގު ބަންދުކޮށްލަން ދިމާކުރާއިރު އެ މަގު ބޭނުންކުރާ އާންމުންނަށް ދިމާވާނެ ދައްޗަކަށް ވިސްނާވެސް ނުލުމެވެ.
އެމްޑީޕީން އާޓީފިޝަލް ބީޗުން ފެށި މުޒާހަރާ މިހާރު ވަނީ މަގުތަކަށް ނުކުމެ، ހަމަނުޖެހުން ހިންގައި ފުލުހުންނާ ދިމާކޮށް ފުލުހުންގެ ޝީލްޑުތައް އަތުލައި އަޑުގަދަކުރަމުންނެވެ. ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި އެމްޑީޕީން ގާނޫނާއި ހިލާފުވުމުން މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އަދި ފުލުހުންނާއި ކުރިމަތިލައި ވާޖިބަށް ހުރަސްއެޅި މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަންވެސް ވަނީ ފަށައިފަ އެވެ.
އެމްޑީޕީން ތަކުރާރުކޮށް މިީ ސުލްހަވެރި އެއްވުމެކޭ ކިޔަމުން ދިޔަނަމަވެސް ބަހާއި އަމަލު ދިމާނުވާކަން މުޒާހަރާ ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެއޮތީ ފެންނާށެވެ. މިއީ އެޕާޓީގެ ލީޑާޝިޕުގަ ތިއްބެވި ބޭފުޅުންގެވެސް ކަންހުންނަ މަގެވެ. ބަހަކާއި އަމަލެއް ދިމާނުވެ އެވެ. 10،000 މީހުން އެއްކުރާނެ ކަމަށް ބުނި ނަމަވެސް ފައިސާ ބަހައިގެން ރަށްރަށުން މާލެއަށް މީހުން ގެނެސްގެންވެސް ހަމަކުރެވުނީ 2،000 އަށްވުރެ މަދު މީސްކޮޅެކެވެ. ފުލުހުންނާއި ކުރިމަތިލައި އެ މީހުންކޮޅު ގުރުބާން އެކޮށްލަނީ އެމްޑީޕީގެ އަމިއްލަ ފައިދާ އަށްޓަކައެވެ. ފަހަރުގައިވެސް ރައްޔިތުންގެ ހެވާއި ލާބައަކަށް ނޫންކަން މުޒާހަރާއިން އެދަނީ ފެންނަމުންނެވެ.
ކޮރަޕްޝަނާ ދެކޮޅަށޭ ކިޔައި އެމްޑީޕީގެ ލީޑާޝިޕުން އަޑު އުފުލަމުން އަންނަ އިރު އެ ޕާޓީގެ ފޭރާމަކީވެސް ކޮރަޕްޝަނެވެ. އެމްޑީޕީގެ ކޮންމެ ވެރިކަމަކީ މިގައުމުގައި ދުވަހަކު ނުހިންގާވަރުގެ ކޮރަޕްޝަނާއި ވައްކަން ހިންގާފައިވާ ވެރިކަންތަކެވެ. މިއަދު ތިފެންނަނީ އެ ކޮރަޕްޝަންތައް ހާމަވާން ފެށުމުން އެކަމަށް ފަސް އަޅައި ފޮރުވައި، ބައިބައިވެ މަރުވެފައި އޮތް ޕާޓީއެއް އަލުން ދިރުވަން ކުރަމުން އަންނަ ނާކާމިޔާބު މަސައްކަތެވެ.






