މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޕްރެޒެންޓަރު އިނާޔަތު ޝަރުތުތަކާއެކު ދޫކޮށްލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 15 ދުވަސް ކުރިން - 3 އޮކްޓޯބަރު 2025 22:38
ޕްރެޒެންޓަރު އިނާޔަތު. އިނާޔަތު ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން--- ފޮޓޯ: އިންޓަނެޓް
ޕްރެޒެންޓަރު އިނާޔަތު. އިނާޔަތު ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

އިނާޔަތު ހައްޔަރުކޮށްފައި ވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ރެއިޑް އޮޕަރޭޝަންއެއްގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޕީއެސްއެމްގެ ޕްރެޒެންޓަރު, އިނާޔަތު އަލީ ޝަރުތުތަކާއެކު ދޫކޮށްލައިފި އެވެ.

އިނާޔަތު ހައްޔަރުކޮށްފައި ވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ރެއިޑް އޮޕަރޭޝަންއެއްގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އިނާޔަތުއާއެކު އިތުރު ދެ މީހަކު ވެސް އެ ދުވަހު ހައްޔަރުކޮށްފައިވެ އެވެ. މި މައްސަލައާ ގުޅިގެން "ޚުލާސާ" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޝަރުތުތަކާއެކު އިނާޔަތު މިހާރު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

އިނާޔަތު ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ބުނީ، އެ ތިން މީހުންނާއި ގުޅުންހުރި ކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު، ތެޔޮ ބިޑިއަކާއި ރަބަރު ޕެކެޓްތަކެއް ފެނުނު ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި 1,246 ގުރާމު ހުރިކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އިނާޔަތަކީ ޕީއެސްއެމްއާއި ދިވެހިރާއްޖޭގެ އަޑުގައި ހީވާގިކަމާއެކު މަސައްކަތްކުރާ ޕްރެޒެންޓަރަކެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރުކުުރުމުން، އޭނާ ދަންނަ މީހުންނާއި އޭނާގެ ރައްޓެހިންނަށް ވެސް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%