އެމްޑީޕީ ސަރުކާރުގައި އެޗްޑީސީން ވެސް ވައްކަން، މައްސަލަ ބަލަން އިދާރާތަކަށް ފޮނުވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 15 ދުވަސް ކުރިން - 3 އޮކްޓޯބަރު 2025 12:38
އެޗްޑީސީގެ ހެޑް އޮފީސް: ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ އެކުންފުނީގެ މުދަލުން ވައްކަންކޮށް، އަމިއްލަ ބޭނުމަށް ކުންފުނީގެ މުދާ ބޭނުންކޮށްފައި--- ފޮޓޯ: އިންޓަނެޓް
އެޗްޑީސީގެ ހެޑް އޮފީސް: ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ އެކުންފުނީގެ މުދަލުން ވައްކަންކޮށް، އަމިއްލަ ބޭނުމަށް ކުންފުނީގެ މުދާ ބޭނުންކޮށްފައި--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

އެޗްޑީސީގެ އިތުރުން، ފެނަކައާއި ވެމްކޯއިން ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކެއް ވެސް ދާދި ފަހުން ވަނީ ފެންމަތިވެފަ

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެފައިވާ ހިޔާނާތުގެ މައްސަލަ ބަލަން ތަހުގީގީ އިދާރާތަކަށް ފޮނުވައިފި ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން އެޗްޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އެކުންފުނީގެ މިލްކިއްޔާތުގައިވާ ބިމާއި، މުދާ އަދި ހިދުމަތުން 200 މިލިއަނެއްހައި ރުފިޔާގެ ހިޔާނަތް ބައެއް ފަރާތްތަކުން ވެފައިވާކަން ފާހަގަކުރެވޭތީ އެކަންކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް، ތަހުގީގީ އިދާރާތަކަށް ހުށަހަޅަމުންދާ ކަމަށެވެ.

މި ހިޔާނާތުގެ ތެރޭގައި އެކުންފުނީގެ މުދަލުން ވައްކަންކުރުމާއި، އަމިއްލަ ބޭނުމަށް ކުންފުނީގެ މުދާ ބޭނުންކުރުމާއި، ކުންފުންޏަށް ގެއްލުންވާނެ ގޮތަށް، ކުންފުނީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ކުއްޔަށް ދިނުންފަދަ މުއާމަލާތްތައް ހިމެނޭ ކަމަށް އެޗްޑީސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ވެސް އެކުންފުނިން ކަނޑައަޅާފައިވާ އިޖުރާތުތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައިވާ ހުރިކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި މި ކަންކަން ތަހުގީގުކޮށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޑީސީގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމަ ގޮތެއްގައި ދޭނެކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފަ އެވެ.

އެޗްޑީސީގެ އިތުރުން، ފެނަކައާއި ވެމްކޯއިން ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކެއް ވެސް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%